logo

ސްޓޭޓްފާމާގެ ބޭސް ފިހާރާ އަންނަ ހަފްތާގައި އައިޖީއެމްއެޗްގައި ހުޅުވަން ތައްޔާރުވެެއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ސްޓޭޓްފާމާގެ ބޭސް ފިހާރާ އަންނަ ހަފްތާގައި އައިޖީއެމްޗްގައި ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގަ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝާހް ވިދާޅުވީ އަންނަ ހަފްތާއިން ފެށިގެން އައިޖީއެމްއެޗް ހޮސްޕިޓަލްގައި ސްޓޭޓް ފާމާގެ ފާމަސީއެއް ހުޅުވުމަށް ދަނީ ތައްޔާރުވަމުން ކަމަށެވެ. އަދި އެސްޓީއޯގެ ފާމަސީތައް ވެސް އެފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރާ ކަމަށެވެ. އެހެންކަމުން ބޭނުންވާ ބޭސްތައް އެތަނުގައި ބެހެއްޓޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ބޭހުގެ ކަންތަކުގައި ދެ ކުންފުންޏަކާއެކު މަސައްކަތް ކުރަމުންދާ ކަަމަށާއި، މިހާރުވެސް ކޮންޕޯނަންޓްސް ޑީލްކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ބޮޑުބައެއް ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބަދަލުވާނެ ކަމަށެވެ. މިކަމުގަ މިހާރުވެސް ފިނޭންސް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީއާއިއެކު މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވާހަކަފުޅު ކުރިއަށް ގެންދަމުން ވިދާޅުވީ ބޭހުގެ މަސައްކަތްތައް ރަނގަޅަށް ކުރެވޭނީ ސިސްޓަމްތައް ގުޅުވާލުމާއި ރަނގަޅު ފޯކާސްޓެއް އެކުލަވާލައިގެން ކަމަށާއި، ކޯލް ސެންޓަރާއި ޕްރިސްކްރިބްޝަން އަޕްލޯޑްކުރާ ފޯޓަލް ގާއިމްކޮށް ވަގުތީ ގޮތުން ބޭހުގެ މައްސަލަތަކަށް ހައްލެއް ގެނެވިގެން ކަމަށެވެ.

ad