މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެމްއެންޑީއެފާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
އަލިފާން ރޯވެފައިވަނީ ޖަނަވަރީމަގު ސޮނީ ސްޕޯޓްސް ކުރިމަތީގައި އޮންނަ ގޯޅިއެއްގެ ތެރޭގައި ހުންނަ، ހ. ބެރެބެދިމާގޭގެ ދެވަނަ ފަންގިފިލާގައެވެ. މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެ ގޭގެ ދެވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް އަދި ސާފުވެފައެއް ނުވެއެވެ.
ހެންވޭރު ގެއެއްގައި އަލިފާން ރޯވެ، ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވެއްޖެ
މަރްޔަމް
10 ގަޑިއިރު ކުރިން

