logo

އިންޑިއާ އިން ރާއްޖެ އަށް 1،200 ގަސް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

އިންޑިއާގެ ކެރެލާ ސްޓޭޓްގެ ސަރުކާރުން ރާއްޖެ އަށް 1،200 ގަސް ހަދިޔާކޮށްފި އެވެ.

މިއީ ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާއިން ނިންމި ނިންމުމެކެވެ. އެގޮތުން ހަދިޔާ ކުރެއްވި ގަސްތަކުގެ ތެރޭގަ 600 އަނބު ގަހާއި، 600 ހައިވަކަރު ގަސް ވަނީ ހަވާލުކޮށްފައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ތިމާވެށި ޙިމާޔަތްކުރުމަށް އަމާޒުކޮށްގެން 2024 ގެ ތިމާވެށީގެ ދުވަހު ރަސްމީކޮށް ފެށި މަޝްރޫއެކެވެ.

މި މަޝްރޫއު އަށް އިންޑިއާ އިން ގަސްތަކެއް ހަދިޔާކުރި އިރު، މިދިޔަ ޖުލައި މަހުގެ ތެރޭގައި ބަންގްލަދޭޝް އިން 20،000 ގަސް ހަދިޔާކޮށްފައިވެ އެވެ.

ad