ރާއްޖެއަށް ޤަވާދާއި ޚިލާފަށް ރަން އެތެރި ކުރި މައްސަލައެއްގައި ޖަލަށް ލާފައި ހުރި މީހަކު ހުކުމް ތަންފީޒް ކޮށް ނިމުނު ފަހުން އޭނާގެ މައްޗައް ހުކުމް ކޮށްފފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހަށިގަނޑުގައި ފޮރުވައިގެން ދެކިލޯ ރަން އެތެރެކުރިކަމަށް ކުށް ސާބިތުވި ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ސުލައިމްޚާން ގެ މައްޗައް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެހެންކަމުން އިއްޔެ އަކީ އޭނަގެ ހުކުމް ތަންފީޒް ކޮށް ނިމޭ ދުވަހެވެ.
ސުލައިމްޚާންގެ ފަރާތުން ހައިކޯޓްގައި އިސްތިއުނާފްކުރި މިމައްސަލައިގައި އިއްޔެ އިއްވި ހުކުމްގައި ބުނެފައިވަނީ އޭނަގެ މައްޗައް ކޮސްފައިވަ ދައުވަގައި ބަޔާން ކުރާ ޢަމަލަކީ ކަސްޓަމްސް ޤާނޫނުގެ 97ވަނަ މާއްދާގެ (ހ)ގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވަ އަމަލެއްކަން ޔަގީންވާ ގޮތަށް، އެ މުދަލަކީ ހުއްދަ ހޯދަންޖެހޭ މުދަލެއްކަން ނުވަތަ ޑިޔުޓީ ދައްކަން ޖެހޭ މުދަލެއްކަމާއި ޑިޔުޓީ ދެއްކުމުން މަނަވެ ގަތުމުގެ ނިޔަތުގައި ގެނައި ރުކުން ދައުވާގައި ބަޔާން ކޮށް އެކަށީގެންވަ ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްދެވިފައި ނުވަ ކަމށެވެ.
އެހެން ކަމުން ސުލައިމްޚާންގެ ކުށްވެރިކޮށްފައިވަނީ ގާނޫނު އަސާސީ އާއި އެއްގޮތައް ނޫން ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
އޭނާގެ މައްޗައް އޮތް ހުކުމް ހައިކޯޓުން ބާތިލް ކުރި އިރު ކަރެކްޝަނަލް ސާރވިސް އިން އިއްޔެ އޭނާ ހައިކޯޓަށް ގެންގޮސްފައިވަނީ އޭނާ ބަންދުން ދޫކޮއްލުމުގެ ހުރިހާ އިޖްރާއަތް ތަކެއް ފުރިހަމަ ކުރުމަށް ފަހުގައެވެ.

