logo

އަންނަ މަހު އިލެކްޓްރޯނިކް ޕާސްޕޯޓުގެ ހިދުމަތް އަލުން ފަށަނީ

އާމިނަތު މޫސާ
3 ގަޑިއިރު ކުރިން

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހު އަލުން ފެށުމަށް ނިންމާފައިވަކާމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ދިވެހި "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު" ޕްރިންޓްކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ދިވެހިރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމާ ގުޅިގެން މިހާރު އަންނަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަމުންނެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރުދީފައިވާކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެ ތަކެތި ލިބުމުން އަލުން ހިދުމަތް ފަށާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލުމުން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރުމަށް ނިންމީ "ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު" އެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. "އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ 1,000ރުފިޔާ ނަމަވެސް، "އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު"ގެ ފީއަކީ، 600 ރުފިޔާއެވެ.

މިވަގުތު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހަދާ ފަރާތްތަކުން، އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް ލިބުމުން އެ ޕާސްޕޯޓު ހެއްދުމަށް ބޭނުންވާނަމަ، ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން "ކެންސަލޭޝަން ފީ" ނެގުމަކާ ނުލާ، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ad