logo

ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
18 ގަޑިއިރު ކުރިން

ފީފާގެ އަޚްލާޤީ މިންގަނޑާ ޚިލާފުވުމުން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) ގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވެފައިވާތީ، ފުޓްބޯލް އެސޯސިއޭ

ޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، 1.23 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ފީފާއިން ނިންމީ މިއަދުއެވެ.

ފީފާގެ އެތިކްސް ކޮމިޓީން ނެރުނު ރަސްމީ ބަޔާނުގައިވާ ގޮތުން، ބައްސާމްގެ މައްޗަށް ނަހަމަ ގޮތުގައި ހިންގި މާލީ މުއާމަލާތްތަކާއި، މަނީ ލޯންޑަރިންގެ އިތުރުން ފީފާއިން ދިން ކޮވިޑް-19 ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރިކަން ވަނީ ސާބިތުވެފަ އެވެ.

މަނީ ލޯންޑަރިން އަދި ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުން ދަނިކޮށް ކުރިން ވަގުތީ ސަސްޕެންޝަނެއްގައި ހުރި ބައްސާމް އުމުރަށް ސަސްޕެންޑް ކުރުމުގެ އިތުރުން، އެއް މިލިއަން ސްވިސް ފްރޭންކް (ގާތްގަނޑަކަށް 1.23 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ބައްސާމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި، ޖަލު ހުކުމްތަކެއް އިއްވުމުގެ އިތުރުން، އޭނާ ޚިޔާނާތުގެ ފައިސާއިން ގަނެފައިވާ ކަމަށް ބުނާ އަމީން އެވެނިއުގެ ދެ އެޕާޓްމަންޓް ދައުލަތަށް ނެގުމަށް އަމުރުކޮށްފައެވެ.

ބައްސާމްގެ މައްޗަށް 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ވެސް ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ އޮފީހަށް ވެސް ވަނީ ފޮނުވައިފައެވެ.

ad