logo

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނިކޮށްދޭ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯގެ މައްސަލައިގައި ޕޮލިހުން ބަޔާނެއް ނެރެފި

މަރްޔަމް
9 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯ އަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްއިން ބަޔާނެއް ނެރެފިއެވެ.

މިބަޔާނުގައި ވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދިން ކަމުގައިވެފައި، ދީނީ އަދި ޝަރުޢީ އުސޫލުތަކާއި ، ދިވެހިރައްޖޭގެ ޤާނޫނުތަކާއި ޢާއްމު އިޖްތިމާއީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފް މިފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށާ، ރިސޯޓް ގެސްޓް ހައުސް އަދި އެހެނިހެން ވަޒީފާ ތަކުގައި އުޅޭ ބިދޭސީނ މުވައްޒިފުން ވެސް މިފަދަ އަމަލުތައް ހިންގިޔަ ނުދިނުމަށް އެންމެހަ ފަރާތްތަކަށް އިލްތިމާސް ކޮށް ފައިވެއެވެ.

މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.

އެއްޖިންސުން ކައިވެނި ކޮށްދޭ މަންޒަރު އެކުލެވޭ ވީޑިއޯ އާއި ބެހޭ މައްސަލަ މިހާރު ޕޮލިހުން އަންނަނީ ތަހުޤީޤް ކުރަމުން ނެވެ.

ad