ދިވެހި ފަސްގަނޑުގެ މިނިވަންކަންމަތީ ދެމިއޮތުމަށް، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ ފުން އިބުރަތްތަކެއް ލިބިގަންނަންޖެހޭ މުހިންމު ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.ރައީސް މުޢިއްޒުގެ މި ޕޯސްޓުގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފަޚުރުވެރި ދިވެހި ސިފައިންނަށާއި އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައިވެއެވެ. އަދި ދިވެހި ޤައުމުގެ ދިފާޢުގައި ޖާނުން ފިދާވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެމަނިކުފާނު ދުޢާކުރެއްވިއެވެ.
ނަޞްރުގެ ދުވަހަކީ 1988 ނޮވެމްބަރު 3 ގައި ދިވެހިންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއް ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަން ވައްޓާލަން ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްވެ، ދިވެހިން ހޯދި ފަޚުރުވެރި ނަޞްރު ފާހަގަކުރާ ދުވަހެކެވެ. ނަޞްރުންގެ ދުވަސް ފާހަގަކުރަނީ ދިވެހި ސިފައިން ދެއްކި މަތިވެރި ހިތްވަރާއި ޤައުމީ ޖިހާދުން އިބުރަތް ލިބިގަތުމާއި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގައި ޖާނުން ފިދާވި 19 ޝަހީދުންގެ އަގުހުރި ޤުރުބާނީގެ ހަނދާން އައުކޮށް، ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ.
މިނިވަންކަން ދެމެހެއްޓުމުގައި ސިފައިންގެ ޖިހާދަކީ ބޮޑެތި ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމެއް: ރައީސް
މަރްޔަމް
7 ގަޑިއިރު ކުރިން

