logo

އައްޑުއަށް ޑްރަގް ގެންދިޔަ މީހަކު 24 އަހަރަށް ޖަލަށް.

މަރްޔަމް
6 ގަޑިއިރު ކުރިން

އައްޑުއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 24 އަހަރާއި 9މަސް ދުވަހުގެ މުއްދަތައް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮއްފިއެވެ.

ށ.ކޮމަންޑޫ ވިނަރެސް ހުސައިން ނަބީލްގެ މައްޗައް ދައުލަތުން ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

ފުލުހުން ނަބީލު ހައްޔަރު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގަމަށް ދިޔަ މޯޅްޑިވިއަން ގެ ފްލައިޓަކުން އައްޑުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސައް ލިބުމާ ގުޅިގެން ހިންގި އޮޕަރޭޝަން އެއްގައެވެ.

ގަމުގެ އެއާޕޯޓުގެ އެރައިވަލް ޓާމިނަލް އިން ފުލުހުން އޭނާ ހުއްޓުވާ ހަށިގަނޑު ބަލާ ފާސްކުރިއިރު ޖީބުން ފެނުނު ދެ ރަބަރު ޕެކެޓުގައި ހުރި އެއްޗެހި ތަހުލީލު ކުރި އިރު އެއީ ޑައިމޯފިން ކަމަށް ސާބިތުވެފައި ވެއެވެ.

މިމައްސަލަގައި އޭނާގެ މައްޗައް އިއްވި 24 އަހަރާ 9 މަހަށް ޖަލައް ލުމުގެ ހުކުމުގެ އިތުރުން 100000 (އެއްލައްކަ ރުފިޔާ) އިން ޖޫރިމަނާ ކޮށްފައެވެ. މިފައިސާ 12 މަސްދުވަހުގެ ތެރޭގައި މީރާ އަށް ދައްކާ ނިންމުމަށް ވެސް ކޯޓުން ކުރި ހުކުމުގައި ވެއެވެ.

ad