logo

ރާއްޖޭގައި ޓައިޕް 2 ޑައިބެޓީސް ތަހައްމަލުކުރާ 7،000 މީހުން އެބަތިބި: އެޗްޕީއޭ

ދިޔާމާ އިބްރާހިމް
13 ގަޑިއިރު ކުރިން

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ޓައިޕް 2 ޑައިބެޓީސް ތަހައްމަލުކުރަމުންދާ 7000 މީހުން އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ މަހުގެ 30 ގެ ނިޔަލަށް އެއްކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން، ޓައިޕް 2 ޑައިބެޓީސް ތަހައްމަލުކުރާ 7000 މީހުން ރާއްޖޭގައި ތިބި އިރު ޓައިޕް 1ޑައިބެޓީސް ތަހައްމަލު ކުރާ 300 މީހުން އެބަތިބި ކަމަށެވެ.

މީގެއިތުރުން މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ދިއުމާ ގުޅިގެން އަހަރަކު ގާތްގަނޑަކަށް 250 މީހުން ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް އެ އިދާއިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން ފާހަގަކުރި ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ. އަދި އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ބައްޔަކީ ހަކުރުބައްޔެވެ.

ދުނިޔޭގެ ހަކުރުބަލީގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަން ފެށީ 1991 ވަނަ އަހަރު އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަން އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ ގުޅިގެންނެވެ.

މި ދުވަހުގެ މައިގަނޑު މަގުސަދަކީ ހަކުރުބަލިން ރައްކާތެރިވުމާއި، ބަލީގެ އަލާމާތްތައް ދެނެގަތުމާއި، އަދި ދުޅަހެޔޮ ކާނާއާއި ކަސްރަތު މެދުވެރިކޮށް ބަލި ކޮންޓްރޯލް ކުރުމާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ.

ad