logo

ސްޓޭޓް ފާމާގެ ކަސްޓަމާ ސާވިސް އެސްއޯޕީތައް ތައްޔާރުކޮށް، މުވައްޒަފުން ތަމްރީނުކޮށްދޭނެ ބަޔަކު ހޯދަނީ

މަރްޔަމް
7 ގަޑިއިރު ކުރިން

ގައުމީ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ ކަސްޓަމާ ސާވިސް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ތައްޔާރުކޮށް، އެ ދާއިރާއިން މުވައްޒަފުން ތަމްރީނުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައިވާ ގޮތުން، މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ބޭސްފިހާރަތަކުގައި މަސައްކަތްކުރާ ކަސްޓަމާ ސާވިސް މުވައްޒަފުންގެ ފެންވަރު މަތިކޮށް، މުއާމަލާތްކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، އެސްއޯޕީތައް ތައްޔާރުކުރުމަށް މެނޭޖްމަންޓް ތަމްރީނުކުރުމެވެ.

މި ބީލަން ކާމިޔާބުކުރާ ފަރާތަކުން އެކުލަވާލަންޖެހޭ އެސްއޯޕީތަކުގެ ތެރޭގައި ޕްރޮފެޝަނަލްކޮށް ކަސްޓަމަރުންނަށް ހިދުމަތްދިނުމާއި، ކިއުތައް ބެލެހެއްޓުމާއި، އޮންލައިންކޮށް ނުވަތަ ފޯނުން މައުލޫމާތު ދިނުން ހިމެނެއެވެ.

މީގެ އިތުރުން ލިބެން ނެތް ބާވަތްތަކާއި، އާސަންދަ އަދި ފައިސާގެ މުއާމަލާތްތަކާ ގުޅޭ މައުލޫމާތު ދިނުމާއި، ތަކެތި އަނބުރާ ގެންނައިރު ފައިސާ ދެއްކުމާއި، ޝަކުވާތައް ބަލައިގަތުމުގެ އިތުރުން ކަސްޓަމަރުންގެ ސިއްރުތައް ހިފެހެއްޓުމާއި ފީޑްބެކް ހޯދުމާ ގުޅޭ އުސޫލުތައް އެކުލަވާލަންޖެހެއެވެ.

މީގެ އިތުރުން މާލޭގައި ގިނައިން މީހުން ވަންނަ ބޭސްފިހާރައެއްގައި ޕްރޮފެޝަނަލްކޮށް މުއާމަލާތްކުރާނެ ހުނަރުތައް މުވައްޒަފުންނަށް ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގުން ވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފަހު ތާރީހަކީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. މައުލޫމާތު ސާފުކުރަން އެދި ބުރާސްފަތި ދުވަހުގެ 2:00 ގެ ކުރިން ހުށަހަޅަންޖެހޭއިރު، އެ ހުށަހެޅުންތަކަށް މި މަހުގެ 15 ވަނަ ދުވަހު ޖަވާބުދިނުމަށްފަހު، ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

އެސްޓީއޯއިން ކުރިން ހިންގި ބޭސް އެތެރެކުރުމާއި ވިއްކުމުގެ މަސައްކަތް ސްޓޭޓް ފާމާއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުއެވެ

ad