logo

ދިވެހި ޗެނަލަށް 5 އަހަރު - މުސްލީ: ފާލަމުން ފުއްމާލިގޮތަށް ބޮއްކުރާއަށް!

ދިވެހި ޗެނަލް
ދިވެހި ޗެނަލް
9 މަސް ކުރިން
ދިވެހިޗެނެލް ގެ ސީނިއާރ ވީޑިއޯ ޖާނަލިސްޓް މުސްލިމާ ހަސަން/ފޮޓޯ: ދިވެހިޗެނެލް އަލީ ފާރިޝް

ދިވެހިޗެނެލް ގެ ސީނިއާރ ވީޑިއޯ ޖާނަލިސްޓް މުސްލިމާ ހަސަން/ފޮޓޯ: ދިވެހިޗެނެލް އަލީ ފާރިޝް

މިޑިއާ ދައިރާގައި މިހާރު ނަން ފެވެމުން އަންނަ މުސްލިމާ ޙަސަން އަކީ ހިތްވަރުގަދަ ޖާނަލިސްޓެކެވެ. އޭނާގެ އުމުރުން 5 އަހަރުގައި ޖާނަލިސްޓަކަށް ވުމަށް އޭނާގެ ބައްޕަ ދެކެމުންއައި ހުވަފެނުގައި މުސްލިމާ، އާންމު ނަމުން، މުސްލީ، ކުލަޖައްސަމުންދަނީ ނިޕޯން ޕެއިންޓަށްވުރެވެސް ކުލަ ގަދަކޮށެވެ.

2021 ވަނަ އަހަރު މިޑިއާ ދާއިރައާ ގުޅުނު މުސްލިމާ މިހާރު މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި މިހާރު އެންމެބާރަށް ކުރިއަރަމުން އަންނަ އެއް ޓީވީ ޗެނަލް ކަމުގަވާ ދިވެހި ޗެނަލްގައެވެ. ސީނިއަރ ވީޑިއޯ ޖާނަލިސްޓްއްގެ ގޮތުގައާއި ޕްރެޒެންޓަރ/ޕްރޮޑިއުސަރެއްގެ ގޮތުގައިވެސް މަސައްކަތްކުރަމުންދާ މުސްލީ ދަނީ އޭނާގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

undefined

ދިވެހިޗެނެލްގެ ނިއުސްޓީމްގެ ބައެއް ސްޓާފުން އުވާވެރި ވަގުތު ކޮޅެއް : ގުޅިގެން މަސައްކަތް ކުރާ ޓީމެއް/ފޮޓޯ: އަލީ ފާރިޝް

މިއަދު ދިވެހިޗެނަލަށް 5 އަހަރު ވީއިރު، މުސްލީ މި ޗެނަލްގައި މަސައްކަތް ކުރަމުންދާތާ ވަނީ 2 އަހަރުވެފައެވެ. 2022 އިން 2023 އަށް ދިވެހިޗެނަލްގައި މަސައްކަތް ކުރުމަށްފަހު އޭނާ އެހެންޗެނަލަކަށް ބަދަލުވިއެވެ. ނަމަވެސް އެއީ މާގިނަދުވަހަކަށް ނޫނެވެ. އަނެއްކާވެސް އެނބުރި ދިވެހި ޗެނެލާ އޭނާ ގުޅުނީ ދިވެހި ޗެނެލުން އޭނާއަށް ބެހެއްޓި ގާތް ކަމާއި، ބޭއްވި ގުޅުމުގެ ވަރުގަދަކަމުން ކަމަށް މުސްލީ ބުނެއެވެ.

2023 ވަނަ އަހަރު ފަހުކޮޅު ދެވަނަ ފަހަރަށް ދިވެހި ޗެނެލާ ގުޅުނު މުސްލީ އަކީ ހިތްވަރާއެކު އޭނާގެ ފަންވަރުން މަސައްކަތްކުރަމުންދާ ނޫސްވެރިއެކަން މިއަދު ގަބޫލުކުރެވޭ އެންމެ ބޮޑު ހެއްކަކަކީ ލިބެމުންދާ ކުރިއެރުމާއެކު ނޫސްވެރިކަމުގެ ދާއިރާއިން ފިޔަޖަހައިގަންނަން އޭނާ ކުރާ މަސައްކަތެވެ.

"ކަށިބޯ ޖަންގަލީގެ ތެރެއަށް ފީނަން ޖެހޭ ފަހަރުވެސް އާދޭ. 2024 ވަނަ އަހަރަކީ އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތްކުރި އަހަރެއް. ހިތްދަތި ތަޖުރިބާތަކުގެ އަހަރެއްވެސްމެ. " މުސްލީ

ރަށުގެ ހަނދާން އާކުރަމުން މުސްލީ ބުނީ އެ ހަނދާނާއެކު އޭނާގެ ދައްތަ ގޭގައި ތިއްތައާއި ދޮންތައާއި އެކު އުޅެވުނު ދުވަސްތަކާއި، އެމީހުންނާއެކު ވަގުތު ހޭދަކުރާ ދުވަސްތައް ވަރަށް ބޮޑަށް ހަނދާން ހުންނަ ކަމަށެވެ. އަދި އެންމެ ދުރު ހަނދާނަކަށް ހުންނަނީ ރަށުގަ ބަނދަރު ނުހަދަނީސް އަޅާފައި އޮންނަ ފާލަމުން ބޮއްކުރައަށް ފުއްމާލި ދުވަސްކަމަށެވެ. ބޮޑުދައިތަމެން ގައްދޫ އަށް ދާންވެގެން އުޅުމުން އެކީގައި ދާން ބޭނުންވި ކަމަށާއި، ނަމަވެސް ބަހައްޓާފައި ދާން އުޅުމުން ގައިގައި ހުރި ބާރެއްލާފަ ދުވި ގޮތަށް ދުވެ ގޮސް ފާލަމުން ބޮއްކުރާ އަށް ފުއްމާލީ 2 ފޫޓަށް ބޮއްކުރާ ފާލަމާއި ދުރަށް ބޭރު ކޮށްފައިއޮއްވާ ކަމަށް މުސްލީ ބުނެއެވެ.

"މަންމަ އަހަންނަ ބަނޑުބޮޑުއިރު ބަލި ހާލަތު ހުރި ގޮތުން ވިހައިފިއްޔާ މަންމަގެ ފުރާނައަށް ނުރައްކާވާނެކަމަށް ޑޮކްޓަރު ބުނި. އެކަމަކު ޑޮކްޓަރުގެ އެ އިންޒާރާއެކުވެސް 'ރިސްކް' އޮތަސް އެދުވަހު މަންމަ އަހަރެން އެބޯޓްކޮށްނުލާ ވިހަން ބޭނުންވީ މިދުވަސް ދެކެން. ކުޑައިރު މަންމަ ކައްކަމުންދިޔަ ހޫނު ގަރުދިޔަ ތެއްޔެއްގެ ތެރެއަށް ވެއްޓުނު ގޮތަށް އެއްކޮށް ފިހުނު. ފާރުގަނޑު ހިކެންދެން ކިހިލީގައި ޖަހައިގެން މަންމަ ހުރީ ނުނިދާ ހޭލާ މިދުވަސް ދެކެން ވެގެން. ހަމައެކަނި ރޭގަނޑުގެ ވަގުތުގައި ކަރަންޓް ދިން ޒަމާނުގަ ޖަނަރޭޓަރަށް އަޅާ ކަޅު ތެޔޮ ފީފާއެއްގެ ތެރެއަށްވެސް ވެއްޓުނު. މަންމަ އަހަރެން ދޮވެ ސާފް ކުރި. މި ދުވަސް ދެކެންވެގެން. 15، 16 އަހަރުގައި ސުކޫލުތެރެއިން ބުލީއިން އަށް ހުށަހެޅުނު. އެހާ ހިސާބުން ކިޔެވުންވެސް މެދުކެނޑުނު. އަހަންނަށް އެހީތެރިވީ މަންމަ އެކަނި." މުސްލީ ބުންޏެވެ.

undefined

މުސްލީ އާއި އޭނާގެ މަންމަ

މުސްލީ އޭނާގެ ހަޔާތުގެ ސަފްހާ ކިޔައިދެނީ މަޖާ އަދި ވަރަށް މާނަ ފުން ގޮތެއްގައެވެ. މިއިން ކޮންމެ ކަމަކުން އޭނާ އަށް އަރައިގަނެވުނު ކަމަށާއި، ނަމަވެސް މިއަދު އޭނާ ފަހަތަށް ނުޖެހި ހުންނަނީ ސަބަބުވެރި ވިސްނުމެއްގެ އިންސާނަކަށްވީތީ ކަމަށެވެ.

ހަނި ފުރުސަތަކުން މާމަޔާއި އެއްބަނޑު ބޮޑު ދައްތަ ( މަރުހޫމާ، ލަތީއްފާއްތަ) ގެ އެހީތެރި ކަމާއެކު، 2016 ވަނަ އަހަރު އޯލެވެލް ނިންމުމަށްފަހު، އޮފީސް މެނޭޖްމެންޓް ހަދާ ނޫސްވެރިކަމުގެ ތަމްރީން ކޯހެއް މުސްލީ ފުރިހަމަކޮށް ނޫސްވެރިކަމާއި ގުޅުނެވެ. މިއަދު މުސްލީ ނޫސްވެރިކަމުގެ ދާއިރާގައި 4 އަހަރު ގުނަމުންދާއިރު މަސައްކަތްކުރަނީ ދިވެހި ޗެނަލްގެ ބިޒްނަސް ޑެސްކުގައެވެ.

މުސްލީގެ އުއްމީދުތައް ވަނީ ދިވެހި ޗެނަލާއި ގުޅިފައި ކަމަށް މުސްލީ ބުންޏެވެ. ރާއްޖޭގެ ދެތިން މީޑިއާއެއްގައި މަސައްކަތް ކުރެވުނުކަން ފާހަގަކުރަމުން މުސްލީ ބުނީ ދިވެހިޗެނަލް ސިފަކުރާނީ ރަން މުތެއްގެ ސިފައިގައި ކަމަށެވެ.

ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އަކީ ފުރަތަމަ އޭނާގެ ނޫސްވެރިކަމުގެ ފެށުންކަން ފާހަގަކުރަމުން ބުނީ ސަންގު ޓީވީގައި މަސައްކަތް ކޮށް ހުވަދޫ މީޑިއާގައިވެސް އޭނާ ވަނީ އެކަނިމާއެކަނި ގިނަ ދުވަސްތަކެއް ވަންދެން ބުރަ މަސައްކަތްތަކެއް ކޮށްފައިކަމަށެވެ. ޓީވީ ޗެނަލެއްގެ މަސައްކަތް ކުރުމުގެ އިތުރުން އޮންލައިން ނޫހަށް މަސައްކަތް ކުރުމުގެ ހުނަރު ހުރި މުސްލީއަކީ ޚަބަރު ލިޔުމާއި ޚަބަރު ތައްޔާރުކުރުމުގެ އިތުރުން ހުރިހާ ވައްތަރެއްގެ ކޮންޓެންޓަކަށް ފަރިތަ މޮޅު ރިޕޯޓަރެކެވެ. ޕްރެޒެންޓަރެކެވެ. ޕްރޮޑިއުސަރެކެވެ. އަދި ވާހަކަ ލިއުންތެރިއެއެއްވެސްމެއެވެ.

ފާއިތުވީ އަހަރު އޭނާ ދިވެހިޗެނަލަށް ކޮށްފައިވާ މަސައްކަތުގެތެރެއިން އެންމެ ބޮޑަށް ފާހަގަވަނީ "ކަނޑުހުޅުދޫ ރަތަގޮބަލަ" ނަމުގައި ގެނެސްދިން ޚާއްސަ ޑޮކިއުމެންޓްރީ ރިޕޯޓެވެ. މުސްލީ އަކީ ދިވެހިޗެނަލްގެ ޚާއްސަ މޫނެކެވެ. އޮންކެމްއެއް ކުރިއަށްދަނިކޮށް ބުޅާ ފައިދަށަށްވަނުން ބިރުން ތެޅިގަތް ގޮތް ފެންނަ ވިޑިއޯ ދިވެހިޗެނަލުގެ ޓިކްޓޮކް މެދުވެރިކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުން އެތައްބަޔަކު ހެއްވާލިއެވެ. 2 ލައްކައަށްވުރެ ގިނަ މީހުން ބެލި އެ ވީޑިއޯ ވައިރަލްވާން ނެނގީ މަދު ވަގުތުކޮޅެކެވެ.

undefined

އޮންކެމްއެއް ކުރިއަށްދަނިކޮށް ބުޅާ ފައިދަށަށްވަނުންމުން މުސްލީ ބިރުން އުޅުނު ވީޑިއޯގެ ސްކްރީން ޝޮޓެއް

ޕްރޮގްރާމް އުފެއްދުމާއި ޕްރޮގްރާމް ހުށަހެޅުމުގެ އިތުރުން މިހާރުވެސް ސިޔާސީ ބޭފުޅުންނާއި، ރާއްޖޭގެ އެކިދާއިރާތަކުގެ ފުންނާބުއުސް ފަރާތްތަށް ގެނެސްގެން ދިވެހި ޗެނަލުން ކުރިއަށްގެންދާ ހަވާސާ ޕްރޮގްރާމާއި، ފެންނަމަންޒަރު ޕްރޮގުރާމްގެ އިތުރުން ރަތްވިލާ އަކީ އޭނާ ޝައުގުވެރިކަމާއެކު ހުށަހަޅާ ޕްރޮގްރާމްތަކެވެ. އަދި ރަމަޟާންމަހު ގެނެސްދޭ ،މައްސު، ޕްރޮގްރާމަކީ އޭނާގެ އަމިއްލަ އުފެއްދުމެކެވެ. ،ހާލުގެ ދުލުން، ޕްރޮގްރާމްގެ އިތުރުން ރޯދަމަހު ގެންނަ ކޮންދަތުރެއް ޕްރޮގްރާމަކީވެސް މުސްލީ ގެނެސްދޭ ޕްރޮގްރާމްތަކެވެ. އަދި 2024 ވަނަ އަހަރު މުސްލީ ވަނީ މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) މިނިސްޓަރު އާދަމް ނަސިރު އުމަރުއާއި، މިނިސްޓަރު އަހުމަދު އަހުމަދު ޝިޔާމާއި، އިލެކްޝަސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގްގެ އިތުރުން، ކޮންޓްރޯލާ އޮފް ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު ފަދަ ބޭފުޅުންނާއިއެކު ޕްރޮގްރާމް ހުށަހަޅާފައެވެ. އަދި ކުރީގެ މަޖިލީހުގެ ނައިބުރައީސް ރިކޯ މޫސާމަނިކު (ރީކޯ) އާއި އެކުވެސް ހަވާސާ ހުށަހަޅާފައި ވެއެވެ.

undefined

2024 ވަނަ އަހަރުގެ ޕްރޮގްރާމް ތަކާއި އިންޓަވިއުތަކުގެ ތެރެއިން މުސްލީ މިނިސްޓަރުންނާއި އެކު، އަދި އިމްގްރޭޝަން ކޮންޓްރޯލާ ޖެނެރަލް އާއި އެކު ޕްރޮގްރާމެއްގެ ތެރެއިން

undefined

ދިވެހި ޗެނެލް ހަވާސާ ޕްރޮގުރާމްގައި މުސްލީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަދި ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް އާއި އެކު ޕްރޮގްރާމް ހުށަހަޅަނީ

މުސްލީ ގެ ކޮންމެދުވަހެއްގެ މަސައްކަތުގެ ތެރޭގައި ޑިއުޓީ ޓޭބަލާއި އެއްގޮތަށް ޚަބަރު ތައްޔާރުކޮށް ބުލެޓިން ތައްޔާރުކުރުމަށް އޭނާ ހާއްސަ އިސްކަމެއް ދެއެވެ.

undefined

ދިވެހިޗެނެލް ގެ ސީނިއާރ ވީޑިއޯ ޖާނަލިސްޓް މުސްލިމާ ހަސަން އޮފީހުގެ މަސައްކަތުގައި /ފޮޓޯ: ދިވެހިޗެނެލް އަލީ ފާރިޝް

މުސްލީ ފާހަގަކުރި ގޮތުގައި 2023 ވަނަ އަހަރު ރޯދަ މަހުގެ ބޮޑުބައި ހޭދަކުރަންޖެހުނީ ދިވެހި ޗެނަލްގެ ނިއުސްރޫމުގައި އެކަނި ކަހަލަ ގޮތަކަށެވެ. ނަމަވެސް އޭރުވެސް އޭނާ 2 އެއްގެ ޚަބަރާއި 8 އެއްގެ ޙަބަރަށް އެކަނި ޚަބަރު ލިޔެ އަމިއްލައަށް ޙަބަރުގެ ވީޑިއޯތައް ތައްޔާރުކުރުމާއެކު ގަދަ ހިތްވަރާއި އަޒުމުގައި މަސައްކަތް ކުރީ އުއްމީދުތަކަކާއެކުގައެވެ. އޭގެބަދަލުގައި ދިވެހިޗެނެލުން އޭނާ ބަލައިގަތްކަމީ މިއަދު އެންމެ އުފާވާ އެކަންތައް ކަމަށްވެސް މުސްލީ ބުންޏެވެ. ހަމައެގޮތަށް އެހެންމީކަށް ބަރޯސާނުވެ މަސައްކަތް ކުރެވުމަކީ އޭނާއަށް ލިބޭ ޝަރަފެއް ކަމަށާއި، ނަމަވެސް މަސައްކަތުގެ އަގުވަޒަން ކުރަންދަންނަނީ ދިވެހި ޗެނެލްފަދަ މަދު ޗެނަލަކުން ކަމަށް މުސްލީ ބުންޏެވެ.

އެއީ ތަފާތު ތަޖުރިބާއެއްކަން ގަބޫލުކޮށް ކުރި މަސައްކަތުން މުސާރައަށް އައި ބަދަލާއެކު ޗެނެލުން އޭނާ އަށް ކުރާ އިތުބާރާއި އެކު އޭނާއަށް އިތުރު ހަރުފަތަކަށް ވާސިލް ވެވުނު ކަން މުސްލީ ފާހަގަކުރެއެވެ.

އުމުރުން 5 އަހަރުގަ، ފާލަންމަތީގަ ހުރެ ބޮއްކުރާއަށް މުސްލީ ފުއްމާލިގޮތަށް މި ދާއިރަގައި އިތުރު ހަރުފަތަކަށް ފުއްމާލުމަކީ މުސްލީ އަށް އުނދަގޫ ކަމެއް ނޫންކަމަށް ބުނެ އޭނާ ދަނީ ބުރަ މަސައްކަތުން އެކަން ސާބިތުކޮށްދެމުންނެވެ.

ނޫސްވެރިކަމުގައި މިވީ މަދު ދުވަސްކޮޅުގައި އުފާވެރި ތަޖުރިބާތައް ކުރެވުނުއިރު އޭގެ އަނެއްކޮޅުވެސް މުސްލީ ވަނީ ތަޖުރިބާކޮށްފައެވެ. އެގޮތުން، މަލާމާތާއި ޖެއްސުންކުރުމާއި، ދަށްކޮށްލާފަ ވާހަަކަދެއްކުމާއި، ތަފާތުކުރުމާއި މުސާރަ ނުދޭނެކަމުގެ ބިރާއެކު މަސައްކަތްކުރުވުމުގެ އިތުރުން އޮފް ދުވަހެއް ނުލިބޭ ގޮތަށް މަސައްކަތް ކުރުވުން އެއީ ހައްތާވެސް މުސްލީ އަށް މި ދާއިރާގައި ކުރެވިފައިވާ ހިތްދަތި ތަޖުރިބާތަކެވެ.

undefined

މުސްލީ ޙަސަން: ރިޕޯޓެއް ލިޔެ ތައްޔާރު ކުރަނީ

ރާއްޖޭގެ ގިނަ މީޑިއާތަކުގެ ތެރެއިން ނޫސްވެރިންގެ މަސައްކަތް ބަލައިގަންނަ ނޫސްހިންގާތަންތަން މަދުވާނެ ކަމަށާއި، ދިވެހިޗެނަލްފަދަ މުވައްޒަފުންނަށް އޯގާތެރި ޗެނަލެއް މަދުވާނެކަން މުސްލީ ފާހަގަކުރިއެވެ. މުސްލީ ބުނީ ދިވެހި ޗެނަލަށް ޝުކުރާއި ތައުރީފްގެ ސަނާތައް އޮއްސަން ޖެހޭ ކަމަށެވެ.

ad