logo

މަސްތުވާތަކެއްޗާއެކު ގދ. ވާދޫއިން ދެމީހުން ހައްޔަރުކޮށްފި

އާމިނަތު މޫސާ
4 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ގދ. ވާދުއިން ދެމީހުން ހައްޔަރުކޮށްފިއެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ގައްދޫ/ސަންދަރޯސްގެ، އުމުރުން 30 އަހަރުގެ މުޙައްމަދު އަޝްރަފާއި ގއ. މާމެންދޫ / ހިތްވަރު، އުމުރުން 18 އަހަރުގެ އާމިނަތު ޝާޔާ ޝުޖާޢެވެ.

ފުލުހުން ބުނީ، މި ދެމީހުން ހައްޔަރުކޮށްފައިވަނީ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، ދެ މީހުން ވާދޫ ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.28 ގުރާމު ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އަޝްރަފް 30 ދުވަހަށް އަދި އާމިނަތު ޝާޔާ ޝުޖާޢު 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ad