ސޮނެވާ ޖާނީ ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 12 ވަނަ ދުވަހުގެ މެންދުރު ފަހު 14:04 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އިތުރުން ރިސޯޓުގެ މުވައްޒަފުން ދަނީ ގުޅިގެން މަސައްކަތް ކޮށްފައި ވެއެވެ.
ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އަލިފާން ރޯވެފައިވަނީ، އެ ރިސޯޓުގެ ވިލާއެއްގައެވެ. ނަމަވެސް ރަސްމީ އިދާރާއަކުން މިހާތަނަށް މިކަން ކަށަވަރުކޮށްދީފައި ނުވެއެވެ.
މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ރިސޯޓުގެ ރެސްޓޯރަންޓެއްގައި ކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.


