އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ހޯދުމަށް އައު އުސޫލެއް ކަނޑައެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ޚިދުމަތްދޭ ގޮތުގެ އިތުރަށް، އިތުރު ހާލަތްތަކުގައި އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައިކަމަށެވެ.
މީގެ މަޤްޞަދަކީ އެމެޖެންސީ ނޫން ހާލަތްތަކުގައިވެސް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ލިބޭނެ ގޮތް ހެދުމެވެ.


