logo

މި އަހަރުގެ އެސްއެމްއެސްއީ އެވޯޑު ހަފްލާ ނޮވެންބަރު 28 ގައި ބާއްވަން ހަމަޖެހިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
18 ދުވަސް ކުރިން

މި އަހަރުގެ އެސްއެމްއެސްއީ އެވޯޑު ހަފްލާ އޮންނާނީ 28 ނޮވެންބަރު 2025 ވާ ހުކުރު ދުވަހުގެ ރޭ ކަމަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުދި ވިޔަފާރިތަކުގެ އަގު ވަޒަންކޮށް ދެވޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލުމާއެކު އެކި ބާވަތުގެ ވިޔަފާރި ކުރައްވާ 33 ވިޔަފާރިން އެވޯޑަށް ވަނީ ކުރިމަތިލާފައެވެ.

އިގްތިސާދީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނީ ބިޒްނަސް ސެންޓަރ ކޯރޕަރޭޝަނުން ކުދި ޢާއިލީ ފިހާރަތަކުން ފެށިގެން އީޖާދީ ގޮތެއްގައި އަލަށް ފެށޭ ވިޔަފާރިތަކަކީ ޤައުމީ އާމްދަނީއާއި، ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، މުޖުތަމަޢު ބާރުވެރިކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތެއް ކުރާ އިގްތިޞާދީ ބާރެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އެމް.އެސް.އެމް.އީ އެވޯޑުގެ ނަމުގައި ޚާއްޞަ އެވޯޑެއް ދިނުމަކީ މުހިންމު މަޤްޞަދު ކަމަށެވެ.

މި އެވޯޑުތަކުން ސަބަބުން ވިޔަފާރިތައް ވަރުގަދަވެ، އިޤްތިޞާދީ ކުރިއެރުމަށްވެސް ބާރުއަޅާނެ ކަމަށާއި، އަދި ޤައުމުގެ ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތައް ހިންގަނީ ޒުވާން ވިޔަފާރިވެރިންނާއި އަންހެނުން ކަމަށް ވުމާއިއެކު، މި އެވޯޑުގެ ޒަރީއާއިން އެމީހުންގެ މަސައްކަތްތައް ފާހަގަކުރެވި، ވިޔަފާރިތައް އިޝްތިހާރުވެ، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ފުރުޞަތު ފަހިވެގެން ދާނެ ކަމަށެވެ.

ދެމެހެއްޓެނިވި އުސޫލުތަކަށާއި އިޖްތިމާޢީ ޒިންމާތަކަށް ޚާއްސަ ކުރެވިފައިވާ ގިންތިތަކާއެކު، މި އެވޯޑުތަކުން ވިޔަފާރިތަކަށް ތިމާވެއްޓާ ރަޙުމަތްތެރި ސިޔާސަތުތައް ކަނޑައެޅުމަށް ހިތްވަރުލިބޭނެކަމަށެވެ.

އަދި މި އެވޯޑުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކުގެ ދާއިރާގައި މަސައްކަތްތެރިކަމާއި ކަންކަން ހިންގުމުގެ މިންގަނޑުތައް މަތިކުރުމަށް އެހީތެރިވުމާއި އެކު ޚިދުމަތް ދިނުމާއި، މާލީ ކަންކަން ހިންގުމާއި، އީޖާދީ ކަންކަމާއި، ފެންވަރު ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް ބޭނުންކުރުމަށް ވިޔަފާރިތަކަށް ހިތްވަރުލިބިގެންވެސް ދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. ދިވެހި ވިޔަފާރިވެރިންގެ ކާމިޔާބީތައް ފާހަގަކުރުމުން، ދިވެހި މުޖުތަމަޢުގައި ހުރި އީޖާދީ ސިފަތަކާއި، ބުރަ މަސައްކަތްތަކަށް ޤަދަރުކުރުމަށް އެހީތެރިވެދޭނެ ކަމަށާއި، މި ކާމިޔާބީގެ ވާހަކަތަކަކީ ޤައުމުގައި ހުރި ވަޞީލަތްތަކުގެ މަތިން ހަނދާންކޮށްދޭ ކަންކަން ކަމަށްވާއިރު، ދިވެހި ވިޔަފާރިތަކަށް ތާޢީދުކުރުމަށް ރައްޔިތުންނަށް ހިތްވަރުލިބި،މި ޖަމާޢީ ފަޚުރުގެ ސަބަބުން އެއްބައިވަންތަކަން އުފެދި، ޤައުމީ ވަންތަކަން ވަރުގަދަވެގެންދާނެ ކަމަށެވެ.

ad