logo

ފިޔާޒާއި ހަސަންގެ މައްޗަށް ޤަޛްފުގެ ކުށުގެ ދަޢުވާ، ޑޮކިއުމެންޓްރީ ފެތުރުން ކޯޓުން މަނާކޮށްފި

އާމިނަތު މޫސާ
5 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒަށް ތުހުމަތުކޮށް "އަދަދު" ނޫޙުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެ ނޫހުގެ އެޑިޓަރު ހަސަން މުޙައްމަދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ކްރިމިނަލް ކޯޓުން ނެރިފައިވާ އަމުރުގައި ވަނީ އެ މައްސަލައިގައި ފިޔާޒާއި ހަސަންގެ މައްޗަށް ކުރަނީ ޤަޛުފުގެ ކުށުގެ ދައުވާއެވެ.

އަދި ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ވެސް އަމުރުކޮށްފައެވެ. އެ ޑޮކިއުމަންޓްރީގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވިޔަސް ނުދެއްކުމަށާއި ޝަރީއަތަށް ހުށައަޅާފައިވާ ޑޮކިއުމަންޓްރީއާ ގުޅުައި މައްސަލައިގެ ޚަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއްވެސް ނުދެއްކުމަށް އަމުރު ކޮށްފަ އެވެ.

އަދި ޝަރީއަތަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

ކޯޓު އުމުުރުގައި ވަނީ އެ ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމުގައިވާތީ، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށެވެ. އަދި އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.

މި އަމުރުކުރި ސަބަބެއް ކަމަށް ކޯޓުން ބުނެފައިވަނީ އަބުރު ރައްކާތެރިކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރުއީ ކޯޓަކުން ހުކުމްކޮށްގެން މެނުވީ މީހަކު ކުށެއް ކުރީކަމަށް ގާނޫނީ ގޮތުން ބެލޭނެ ހަމައެއް ނެތުމުން ކަމަށެވެ. ދައުވާ ލިބޭ ފަރާތުގެ ހައްގާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ވެސް ކޯޓުން ބުނެފައިވެ.

ad