ގއ. ކަނޑުހުޅުދޫ ކަންމަތީގެ ހަސަން އާލިމް (އާލިމްބެ) މުޅި އުމުރަށް މި ފަނާވަނިވި ދުނިޔެއާއި ވަކިވެދިޔަތާ މިއަދަށް މިވީ ހަފްތާއެކެވެ. އާލިމްބެގެ ކުއްލި މަރުން ހިތްތައް ރޮއްވާލީ އޭނާގެ އާއިލާއާއި ރައްޓެހިން އެކަންޏެއް ނޫނެވެ. އޭނާ ދަންނަ އެންމެނަށްވެސް ލިބުނީ ކުއްލި ހައިރާން ކަމަކެވެ. ކަނޑުހުޅުދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކްޓިވްގެ މަގާމުގައި ހުންނެވި ހަސަން އާލިމް އަކީ ކުރީގެ ކަނޑުހުޅުދޫ ސުކޫލަށް ވެސް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މުވައްޒަފެކެވެ. ސުކޫލުން ކައުންސިލަށް ބަދަލުވެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އިރު އެއީ ގިނަ ބަޔަކު ދަންނަ އެންމެންގެ ލޯބި ހޯދާފައިވާ ރަނގަޅު އެކުވެރިއެއް ކަމަށް އެންމެން ވެސް ބުނެއެވެ.
ހަސަން އާލިމް އަކީ އަޅުގަނޑުގެ ބޮޑޫ ބޭބެއެކެވެ. މާމަ އާއި އެއްބަޑު އެންމެ ހަނގު ދައްތަގެ ދެވަނަ ފިރިހެން ދަރިފުޅެވެ. މިދުނިޔެ ދޫކޮށް ދިޔައީ އެންމެގެ ހިތްތައް ރޮއްވާފައެވެ. ދުޢާއަކީ އާލިމްބެގެ ކަށްވަޅަކީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއް ކަމުގަ ލެއްވުމެވެ.
.........
އާލިމްބެގެ އެންމެފަހު މާލެ ދަތުރު، އަހަންނާއި ބައްދަލުކުރުމަށް ވަރަށް ބޭނުންވި. އިރާދަ ކުރެއްވިއްޔާ އެ އާއިލާ އެކު ހޭދަ ކުރެވުނު. މުޅި އުމުރަށް އެ ހަނދާން ހުންނާނެ.
"މަންމަ ކައިރީގަވެސް ބުނި މުސްލިމާއާއި ބައްދަލުކުރަން ބޭނެމޭ. އިރާދަކުރެއްވިއްޔާ މާލޭގަ ހޭދަކުރެވުނު ވަގުތު އެއީ އެބޭބެގެ ފަރާތުން އަހަރެން ވަރަށް ޙާއްސަވި ވަގުތެއް.
ވަރަށް ލޯބިވޭ އާލިމްބެ ދެކެ
2025 ވަނަ އަހަރުގެނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. ޑިއުޓީ ނިންމާލުމަށްފަހު އަހަރެން ގެއަށް ދިޔައީ 8:30 އެހާކަށްހާއިރުއެވެ. އޭރު ބޯވަޔާއެކު، ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. ވިދާ ގުރަމުންދިޔަ އިރު ސައިކަލުގަ އެއް އަތުން ކުޑަ ނަގައިގެން އަހަރެން ގެއަށް ދެވޭތޯ މާލޭ މަޖީދީމަގުން މާފަންނާ ކޮޅަށް މިސްރާބު ޖެހީމެވެ. ވިދާ ގުގުރަމުންދިޔަ އެ ބޯ ވިއްސާރަތެރޭ ތަނެއް ދޮރެއް ނުފެނެއެވެ. އެކަމަކު އޭނާގެ ލޮލުގަ އަރަހެން އަޅައިގަތީ މާ ވިއްސާރައިގެ ކަނުއަދިރީ ތެރޭ ފިހާރައެއްގެ ލައިޓްގެ އަށްޔަށެވެ. އޭނާ އަހަންނަ ގޮވާލިއެވެ. އެކަމަކު އެއަޑެއް އަހަންނަކަށް ނީވެއެވެ. ގެއަށް ވަދެވުމާއި އެކު ތެމި ފޯވެފަ ހުރި އަހަރެން ހަމަޖެހިލީމެވެ. އަދި އަހަރެން ފޯނު ދަބަހުން ނަގާ ހުޅުވާލީމެވެ.
ފޯނުގަ އޮތީ މިސްކޯލެވެ. ގުޅާފައެވެ. އެއީ 10 އޭޕްރީލް ގަ ކުއްލިގޮތަކަށް މިދުނިޔެ ދޫކޮށް ވަކިވެދިޔަ އެންމެންގެ މިތުރު ކަނޑުހުޅުދޫ ކައުންސިލް އެސިސްޓެންޓް' ހަސަން އާލިމް، އާލިމްބެގެ ކޯލެވެ. އަވަސް އަވަހަށް އަހަރެން ގުޅާލީމެވެ.
" މުސްލިމާ ޝުކުރިއްޔާ. ބަލަ ގޮވާލީމަ ދިޔައީ އެއްނުން ކައިރީގަ އަޅާފަ. ކޮބާ ދިމާވާންވާނެ. ޕިއްޒާ ކާން ދާންވާނެދޯ" އާލިމްބެ އަށް އަހަރެން ފެނިފަ އަހަންނަށް އާލިމްބެ ނުފެނުނީމަ މަޖާގޮތަށް ބުނެލިއެވެ.
އާލިމްބެ އަކީ އަބަދުވެސް ހެޔޮ އެދޭ ބޭބެކެއެވެ. ކިތަންމެ ދުރުގަ އުޅުނަސް އަބަދުވެސް އަހަރެންގެ ކުރިއެރުމަށް އޭނާ އުންމީދުދެއެވެ. އަހަރެން އެރޭ ނިދީވެސް އަނެއްދުވަހު އާލިމްބެމެން ގެއަށްދާން ރެޑީވެގެނެވެ. ޑިއުޓީ އަށް އޮފިހަށް ނުކުތުމުގެ ކުރިން ތައްޔާރުވެގެން އެގެއަށް ދިޔައީމެވެ. އެގޭ ދޮރުން ވަންނަމުން ދިޔައިރުވެސް އަހަރުމެންގެ ނޫސްވެރިޔާ އެބައާދެޔޭ ކިޔާ ގޮވާ އަޑު އިވެމުން ދިޔައެވެ. އާލިމްބެ އާއި އެއްވަރަށް އާލިމްބެ ގެ އަންހެނުންވެސް ވަރަށް ހެޔޮއެވެ. އެ ދުވަހު އެގޭގަ ކައްކާފަހުރީ ނޫޑްލީސް އާއި ވަރަށް މީރު ފާގަ ރިހަގަޑަކާ ބަތެއެވެ. އެގެއިން ކެއީ ވަރަށް ހިތްހަމަޖެހިގެންނެވެ. އެދުވަހު ވަރަށް ވާހަކަ ދެކެވުނެވެ. އަސްލު އެދުވަހު އާލިމްބެ އަހަރެން އެގެއަށް ގެންދިޔައީ ނުފެންނަތާ ވަރަށް ގިނަދުވަސްވީމަ ދެކޭ ހިތުންނެވެ. ރަށުން މާލެ އަންނަމުންވެސް މަންމަ ކައިރީގަ ބުނި މިފަހަރު މާލެ ގޮސް އަހަންނާއި ދިމާކުރާނެ ވާހަކަވެސް ކުރިންވެސް މަންމަ އެވާހަކަ އޮތީ ބުނެފައެވެ.
އެދުވަހު އަހަންނަޓަކާ އާލިމްބެ ފަޙްރުވެރިވާ ވަރު ހިތައްއެރީމަ ހިތުގަ އުފެދެނީ ލޯބިވާ އެބޭބެ ކީއްވެހޭ އެހާ އަވަހަށް އަހަރުމެންނާއި ދުރަށް ދިޔައީ. އެދުވަހު އެތަކެއް ހެޔޮ އެތައް ނަސޭހަތެއް ދިނެވެ.
އެރޭ އަހަރުމެން ދިޔައީ ޕިއްޒާ ބޯނާއަށެވެ. މިއީ ވަރަށް ގިނަ ދުވަހެއްގެ ޕްލޭންއެކެވެ. އާލިމްބެ އަށް މާލެ އާދެވުނީމަ ކާންދާން އަހަރުމެން ތިބީ ޕްލޭން ކޮށްގެނެވެ. ވަރަށް ގިނައިރު އެތާ ތިބީމެވެ. ވަރަށް ވާހަކަދެކެވުނެވެ. އަހަރެންގެ މުސްތަގްބަލަށް އޭނާ އެދޭވަރު ވަރަށް ބޮޑަށް ހާމަވިއެވެ.
ޕީއްޒާ ބޯނާގަ އަހަރުމެން ވަރަށް ގިނައިރު ތިބީމެވެ. އަނެއް ދުވަހު އާލިމްބެ މެންދިޔައީ ރަށަށެވެ.
އެއަށްފަހުވެސް ކުރެވުނު ފޯނުކޯލުތައް އަދިވެސް ސިނކުޑީގަ ވަނީ ހަރުލެވިފައެވެ. ދުނިޔޭގެ އޮއިވަރާއި އެކު ކަންކަމުގެ ހާލަތު ބަދަލުވި އިރުވެސް އެއީ އާއިލާ އަށް ވަރަށް ލޯބިކުރި ބޭބެ އެކެވެ. އަހަންނަޓަކާ އޭނާގެ ހިތުގަ ޖާގަ ދެވިފައޮތް މިންވަރު ވަރަށް ރަނގަޅަށް އެނގުނެވެ. އާލިމްބޭއެވެ. ތިޔައީ ހާދަ ހެޔޮ މިތުރެކެވެ.
މާރޗް 27 ގައި އަހަރެން ރަށަށް ދިޔައީމެވެ. ރަށަށް ގޮސް ދެތިން ދުވަސްވީއިރުވެސް ކުރިއާ ތަފާތުކޮށް މިފަހަރު އަހަރެން އެގެ އަށް ނުދާތީ އާލިމްބެގެ އަންހެނުންގެ ކޯލެއް އައެވެ. ވަގުތު ހޯދައިގެން އެގެއަށް ދިޔައީމެވެ. އާލިމްބެ އާއި، އޭނާގެ އަންހެނުން އަހަރެންދެކެ ވަރަށް ލޯބިވާކަން އެ ދުވަހުވެސް ވަރަށް ބޮޑަށް އަހަނަނަށް އިހްސާސްވިއެވެ. އެކަމަކު އާލިމްބެ މާގިނަ ވާހަކައެއް ނުދައްކައެވެ. އަރަހެން ރަށަށް ދިޔައީ ކައުންސިލް އިންތިހާބުގަ ވާދަކޮށްގެން ކެމްޕޭނަށް ކަމަށްވާތީ އަހަރެންވެސް ސަބަބުވެރި ވިސްނުމަކުން ވިސްނާ ކަމަށްވާނަމަ ގަބޫލު ކަންކަން ގަބޫލު ކުރީމެވެ. އަދި ރަނގަޅަށް އަހަންނަށް އެވާހަކަތައް އާލިމްބެ އަންހެނުން ކިޔައިދިނެވެ. ހާލަތު އޮތް ގޮތުން ދެރަނުވާ ކަމަށް އަހަރެން ބުނުމުން އާލިމްބެ ބުންޏެވެ. "ދޮގުނަހަދާ"
ޔަގީނެވެ. އެމީހުން އަހަރެން ދޫކޮށްލަން ހަގީގަތުގަ ބޭނުން ނުވާކަން އެނގުނެވެ. ނަމަވެސް ހާލަތުގަ ކުރާނެ ކަމެއްނެތީއެވެ.
އޭރު އާލިމްބެ އޮތީ އެގޭ ޖޯލީގައެވެ. އެކަމަކު އާލިމްބެ މާގިނަ ވާހަކައެއް ނުދައްކައެވެ. ހަމަ ބުނީ އެންމެ ބަހެކެވެ. ދެރަ ނުވާ ކަމަށް ބުނީމަ ދޮގު ނެހެދުމަށެވެ.
އެއީ އާލިމްބެގެ އެންމެ ފަހު ބައްދަލުވުން ކަން އެގޭ ނަމަ އެ ދުވަހު އާލިމްބެ އާއި ދުރަށް ނުދާނަމެވެ. އެތަކައް ވާހަކައެއް ދައްކާނަމެވެ. އެކަމަކު ކީއްކުރާނީ ހެއްޔެވެ. އެއީ ފަހު ބައްދަލުވުމެވެ. އެންމެ ފަހު ފެނިލުމެވެ.
އޭގެ އަނެއްދުވަހު ރޭގަނޑު 8 ޖަހާ އެހާކަށްހާއިރެވެ. ސައިކަލުގަ މާބަރަށް ކޮއްކޮ އާއިއެކު ތަނަކަށް ދަނިކޮށް ރަށުގެ ބޮޑުމަގުގަ ހުންނަ ކެފޭގަ އިދެ އާލިމްބެ ގޮވާލިއެވެ. "މުސްލިމާ އާދެބަށް" އާ،،، އިރުކޮޅަކުން މި އަންނަނީ އޭ ބުނެ ސައިކަލު މަޑުނުކޮށް ދިޔައިމެވެ. އަހަރެން ދިޔައީ ވަކިތަނަކަށް ދާންޖެހޭތީ މާބަރަށެވެ. އެކަމަކު، ފަހުން ހަނދާން ނެތުނެވެ. މާގިނައިރުވީމެވެ. މާގިނަ ކަންކަމާއި އުޅެންޖެހުނީމެވެސް މެއެވެ.
އާލިމްބެ، އަހަންނާއި އެކު ކޮފީއެއް ބޯން ގޮވާލީމަ އަހަންނަށް ނުދެވުނެއެވެ. ކީއްވެ ހެއްޔެވެ؟ އަދިވެސް އަހަރެން ކަންފަތުގަ ވަނީ އެ ގޮވާލުމުގެ އަޑެވެ. މިސުވާލު ދުވަކުވެސް ހިތުން ނުފިލާނެއެވެ. އެއީ އަހަރެންގެ މުސްތަގްބަލަށް މަގު ކިޔައިދިން ބޭބެއެކެވެ.
ވޯޓަށް ފަހު އަހަރެން މާލެ އައިތާ 3 ވަނައަށް ވީ ދުވަހު މަންމަގެ ކޯލެއް އައެއެވެ. އާދައިގެ މަތިން އައި މަންމަގެ ކޯލެއް ކަމަށް ހީވިޔަސް އެއީ ހިތްދަތި ކޯލެކެވެ މަންމަ ބުންޏެވެ. "އާލިމްބެ ނިޔާވެއްޖެ." މަންމަގެ އެކޯލް އިން އަހަރެން ހުއްޓުން އެރިއެވެ. އަޑުން އަޑުނަގާ ރޮވުނެވެ. ދެފައި ބިމުގަ ކޭއްތެން ފެށުނެވެ. މަންމަ ވެސް ދިޔައީ ކޮންޓްރޯލް ނުވާ ވަރަށް ރޮމުންނެވެ. އެކަމަކު މަންމަ އަށް އަހަރެން ހިތްވަރު ދިނީއެވެ. އަހަރެން އަވަސްވީ ރަށަށްދާށެވެ. އެކަމަކު ރަށަށް ނުދެވުނެވެ. ރަށުން މާލެ އައިތާ 3 ވަނަ އަށްވީ ދުވަސްވީމަ އޮފިހުން ޗުއްޓީ ނެގުމާއި، މާލީ ގޮތުން ވެސް ދެވޭ ގޮތް ނުވީއެވެ. އާލިމްބެ ގެ މޫނު ދެކެން ޖެހުނީ ވެސް ވީޑިއޯ ކޯލްއަކުންނެވެ.
މި ސުވާލު އަހަރެން ނަފްސަށް ކުރެވެނީ ކީއްވެ ހެއްޔެވެ؟ އާލިމްބެ އަހަންނަށް ގޮވީމަ ނުދެވުނީ ކީއްވެ ހެއްޔެވެ؟ އެހަނދާނާއި އެކު އަހަރެން ކަންފަތުގަ ވަނީ އާލިމްބެގެ ގޮވާލުމުގެ އަޑެވެ. ކަންފަތުގަ ވަނީ އެ އަޑެވެ. މުސްލިމާ.... މުސްލިމާ..... އާދެބަށް.
އާލިމްބޭއެވެ. ތި ދިޔައީ މާ ދުރަށެވެ. އެހެނަސް އަހަރެން ހުންނާނީ ކައިރީގައެވެ. އާލިމްބެ އަންހެނުނާއި، އަބަދުވެސް ވާނީ ގާތުގައެވެ. ކުދިންނާއި އަހަރެން ދުރު ނުވާނަމެވެ. އާލިމްބެދެކެވީ ލޯބި އެކުދިންނަށް ވާނަމެވެ. މުޅި އުމުރަށެވެ.
އާލިމްބެ ކައިރިއަށް އެދުވަހު ނުދެވުނަސް ކުދިން ކައިރިއަށް އަބަދުވެސް ދާނަމެވެ. ތިއީ އަބަދުވެސް އަހަރެންގެ މީހުންނެވެ. ދެދުނިޔޭގެވެސް ވެސްއެވެ.


