ލ. ގަމުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ލ. ގަމު މާފަތްމަގުގެ އިޖްތިމާއި ހިނގުން ގުޅުނު ހަތަރުއަގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 މާރޗް ހަތްވަނަ ދުވަހުގެ ރޭ 21:39 އެހާކަށްހާއިރު ލިބިފައިވާ ކަމަށެވެ.
އެ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި،
މި މައްސަލަ ހިނގައިދިޔަ ގޮތް މިހާރު ފުލުހުން ގެންދަނީ ތަހްގީގް ކުރަމުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.


