ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ މައްޗަށް މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީއޯ) އަށް ފޮނުވައިފި އެވެ.
. މިމައްސަލަ ޕީޖީ އޮފީހަށް ހުށަހަޅާފައިވަނީ މިއަދެވެ.
މި މައްސަލައަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމްގެ) ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ އެކައުންޓަށް 29،000 ޑޮލަރު ޖަމާކޮށްފައިވާތީ އޭނާ މައްޗަށް ކުރެވޭދައުވާއެވެ.
އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު މެދުވެރިވެގެން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމުގެ ބޭންކް އެކައުންޓަށް 29,000.00 އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައިވެފައެވެ. .
އޭސިސީން ބުނެފައިވަނީ އޭނާގެ މައްޗަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާއި ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި އޭނާ ސޮއިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ "މަނީ ލޯންޑްރިން އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު" ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުން ކަމަށް ވެސް އެ ކޮމިޝަނުން ވަނި ބުނެފައެވެ.
ބައްސާމު މައްޗަށް ކުރިން ކޮށްފައިވަނީ 32 އަހަރުގެ ޖަލު ހުކުމެކެވެ.


