ފިރިހެނުންގެ ޝޯރޓްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިޒްޔާން ނާޒިމް އާކޮށްފިއެވެ. އިޒްޔާން މި ރެކޯޑު އާކޮށްފައިވަނީ ތައިލަންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025 ގައި ވާދަކޮށް، 02:31.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އިޒްޔާން އެވެ. އެއީ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 02:37.35 އިން އިވެންޓު ފުރިހަމަކޮށްގެންނެވެ.


