logo

ހިމަބިހީގެ ނުރައްކާ ބޮޑު، 72 ކޭސް ފެނިއްޖެ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
4 ގަޑިއިރު ކުރިން

ހިމަބިހީގެ ނުރައްކާ ބޮޑު ކަމަށާއި، 72 ކޭސް ފެނިފައިވާ ކަމަށް ޑރ. ފައިސަލް މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.

ހިމަބިހީގެ ވޭދަނަތައް ރާއްޖޭގައި ފެތުރެމުންދާއިރު ފައިސަލްވަނީ ޗާޓެއް ވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން 2022 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ރާއްޖޭގެ ވެކްސިންގެ ދެވިފައިވާ މިންވަރު އެނގޭ ދިރާސާއާއި ގުޅޭ މައުލޫމާތު އެޗާޓާއި އެކު ފައިސަލް ހިއްސާ ކުރައްވާފައި ވެއެވެ.

ފައިސަލް ވިދާޅުވީ ހިމަބިހީގެ ނުރައްކާ އެންމެ ބޮޑީ 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފާގެ މީހުންނަށް ކަމަށާއި، މިހާތަނަށް ހިމަބިހި ޖެހިގެން 72 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ފާހަގަ ކުރެއްވީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ ހިމަބިހި އެތެރެވީމާ ފެތުރެނީ 2 ޑޯޒް ހަމަނުވާ ފަރާތްތަކަށް ކަމަށެވެ.

މިހާރު ފައްސިވެފައިވާ މީހުންގެ ތެރޭގައި 4 ކުޑަކުދިން ހިމެނޭއިރު، ބަލި ޖެހިފައިވާކަމަށް ރިޕޯޓުކޮށްފައިވާ ގިނަމީހުންނަކީ 15 އަހަރާއި 35 އަހަރު ދެމެދު އުމުރުފުރާގެ މީހުން ކަމަށެވެ.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހިގެ ވޭދަނަތަކެއް އުޅޭކަން ފާހަގަ ކުރެވިގެން ކަމާގުޅޭ އިދާރާތަކުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

ސިއްހީ މާހިރުންދަނީ ހިމަބަހީގެ ކޭސްތައް ފެނުމާއި ގުޅިގެން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ބަލިޖެހުނުގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓުން ދެނެގަތުމާއި، ކޮންޓެކްޓުންނަށް ވެކްސިން ދިނުމުގެ މަރުހަލާ ފުރިހަމަ ކުރަމުންނެވެ.

އެޗްޕީއޭ އިން ބުނީ ހުން އައުމާއި ހަށިގަނޑުން ރަތް ބިހިތަކެއް ނަގައިފި ނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށެވެ. އަދި ހޮސްޕިޓަލްތަކަށް ދާއިރު މާސްކް އަޅައިގެން ދިއުމަށްވެސް އެޗްޕީއޭ އިން ނަސޭހަތްތެރިވެފައިވެއެވެ.

ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުން އަދި މީސްލްސް ވެކްސިންގް ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި، ވީހާވެސް ބޮޑަށް ރައްކާތެރިވެ ތިބުމަށްވެސް އެޗްޕިއޭއިން އެދިފަވެެއެވެ.

ހިމަބިހި ނުވަތަ މީސަލްސްއަކީ ވަރަށް ފަސޭހައިން ފެތުރޭ ގައިގަޔަށް އަރާ ބައްޔެވެ. ސިއްހީ މާހިރުން ލަފާދޭ ގޮތުގައި ކެއްސުމާއި ކިނބިހި އެޅުމުގެ ސަބަބުން ވައިގެ ތެރޭގައި އެ ވައިރަސް 2 ގަޑިއިރު ހަރުލާފައި ހުރެއެވެ.

ad