logo

މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

އޮގަސްޓްމަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މަސްވެރިކަމުގެ ވުޒާރާއިން ބުނީ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ވެގެންދިއުމާއެކު، މަސްވެރިންގެ ޤައުމީ ދަފުތަރުގައި ދަފުތަރުވެފައިވާ ފަރާތްތަކަށް ލޯނު ލިބޭނެ މަގު ވަނީ ފަހިވެފައި ކަމަށެވެ. އެގޮތުން 113 މަސްވެރިންނަށް ވަނީ 14.5 މިލިއަން ރުފިޔާ ފޯރު ކޮށްދީފަ ކަމަށެވެ

މަސްވެރިންނަކީ ދައުލަތްދަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ދަނީ މަސްެރިންނަށް ހުރި ފުރުސަތުތައް ވަރަށް ބޮޑަށް ހޯދަމުްނެވެ. އެގޮތުން މަސްވެރިންނަށް ޚާއްސަކޮށްގެން ދަފްތަރެއް އެކުލަވާލުން ފަދަ މުހިންމު މަަސައްކަތެވެ. މަސްވެރިންނަށް ލޯނު ދޫކުރަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މަސްވެރިޔާ ޕޯޓަލަކީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަކަށް އޮންލައިންކޮށް ހުށައެޅޭނެގޮތަށް ޑިޒައިންކޮށްފައިވާ ޕޯޓަލްއެކެވެ.

ad