logo

ޗައިނާއަށް ފުރަން ހަމަޖެހިފައި އޮތް ފްލައިޓެއްގައި ޑިލޭއެއްވެ ހަމަނުޖެހުމެއް ހިގައިފި

މަޒީ
8 ގަޑިއިރު ކުރިން

ޗައިނާގެ ޗެންޑޫއަށް ދަތުރުކުރަން އޮތް މޯލްޑިވިއަންގެ ފުލައިޓް ފުރާ ގަޑި ލަސްވުމުގެ ސަބަބުން އެ ފުލައިޓުން ފުރަން ތިބި ފަސިންޖަރުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައިފިއެވެ.

މި ހާދިސާ ހިގީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު(ވީއައިއޭ) އިން ފުރަން އޮތް ފުލައިޓެއް ޑިލޭ ވެގެން އުފެދުނު ހިންހަމަ ނުޖެހުން ތަކަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނުގެ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ވަނީ ވިދާޅުވެފައިވެއެވެ. މީގެ އިތުރު ތަފްސިލެއް ޝިޔާމް ދެއްވާފައި ނުވެއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަދިސާ ހިނގީ ޗައިނާގެ ޗެންޑޫއަށް މޯލްޑިވިއަން އިން ފުރަން ހަމަޖެހިފައި އޮތް ފްލައިޓްކުން ދަތުރުކުރަން ހަމަޖެހިފަ ތިބި ފަސިންޖަރުންތަކެއް ހަމަނުޖެހުން ތަކެއް ހިންގުމާ ގުޅިގެންނެވެ.

ad