logo

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު

އާމިނަތު މޫސާ
ދުވަހެއް ކުރިން

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ހުދު ސަމާލު ނެރެފިއެވެ.

މެޓުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އެންމެ ފުރަތަމަ ހުދު ސަމާލު ނެރުނީ މިއަދު ފަތިހު 5:15 އިން ހެދުނު 11:00 އަށެވެ. އެ ސަމާލު މިހާރު ވަނީ މިއަދު ހަވީރު 17:00 އަށް ދަންމާލައިފައެވެ.

މެޓުން ނެރުނު ސަމާލުގައި ވަނީ އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަގެ ކަނޑުތައް ގަދަވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ކުރިއަށް އޮތް 2 ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.

މޫސުން ގޯސްވެފައިވާތީ ހުރިހާ ފަރާތްތަކުންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ad