logo

ހުޅުމާލޭގައި ބީއެމްއެލްގެ އައު ހެޑްއޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

މަރްޔަމް
8 ގަޑިއިރު ކުރިން

ބޭންކްއޮފް މޯލްޑިވްސް(ބީއެމްއެލް)ން ހުޅުމާލޭގައި އިމާރާތް ކުރާ އައު ހެޑްއޮފީސް އިމާރާތްކޮށްދޭނޭ ބަޔަކު ހޯދަން އިޢުލާން ކޮށްފިއެވެ.

ބީއެމްއެލް އިން އާއްމުކޮށްފައިވާ ގޮތުގައި ބޭންކްގެ އައު ހެޑްއޮފީސް އިމަރާތް ކުރަނީ ފުރަތަމަ ފިޔަވަހީގައި ލޮޓް 11824 ގައިވާ 2،648.40 އަކަ މީޓަރުގެ ބިމެއްގައެވެ. އުސްމިނުގައި 60މީޓަރު ހުންނަ އެ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ ޚާއްޞަކޮސްފައިވަނީ ކަސްޓަމަރުންނާއި ބީއެމްއެލްގެ ރީޓެއިލް އައުޓްލެޓްތަކަށެވެ.މިއީ ކާރާއި ސައިކަލް ޕާކު ކުރުމަށް ޚާއްޞަ ޖާގައެއް ވެސް އޮންނަ ގޮތައް ހަދާ އިމާރާތެކެވެ.

ބީއެމްއެލްއިން އާއްމުކޮށްފައިވާ އެކްސްޕްރެޝަން އޮފް އިންޓްރަސްޓްގައި (އީއޯއައި)ގައިވާ ގޮތުން 14 ފަންގިފިލާގެ މި އިމާރާތުގެ މަތީގައި އިއާދަކުރުވަނިވި ސޯލާ ފާމެއްވެސް ހުންނާނެއެވެ

ބީއެމްއެލްގެ އައު ހެޑްއޮފީސް އިމަރާތް ކުރަން ފައިނޭންސް ހޯދަން އެންމެ އިސްކަމެއް ދިނުމަށް ނިންމަފަިވަނީ ޑޮލަރުންނެވެ. އެގޮތުން މި މަޝްރޫޢު ހިންގަން ޝައުޤުވެރިކަން ފާޅު ކުރާ ފަރާތުން ފައިނޭންސިންގް ހޯދައިދެވޭނެ ކަމަށާއި ބޭންކެއް ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށްވެސް ފައިނޭންސް ހޯދޭނެކަމށް އެ އީއޯއައިގައި ފާހަގަ ކޮށްފައި ވެއެވެ.

ad