މާލެ، ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުަން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި 2026 އޮކްޓޫބަރު 5 ވަނަ ދުވަހުގެ ރޭ 22:14 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވެއެވެ. މި އެކްސިޑެންޓްގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭނާއަށް ސީރިއަށް އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވާފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ.ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


