ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގަ ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލުމަށް އަންގައިފިއެވެ.
20 މިނެޓަށް ހަރަކާތްތައް ހުއްޓާލުމަށް ސްޕޯޓްސް މިނިސްޓްރީން ރަސްމީކޮށް އަންގާފައިވާ ކަން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ފޮނުވި ސާކިއުލާއެއްގަ ވަނީ ބުނެފައެވެ. މި ސާކިއުލާ ނެރުނީ އިއްޔެއެވެ. އެ ސަކިއުލާގެ ބުނެފައިވަނީ އެ އެސޯސިއޭޝަނެއްގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތައް ނަމާދު ވަގުތަށް މެދުކަނޑާލުމާއި އެކު މިކަން ތަންފީޒުކުރަމަށެވެ.
މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ މިއީ ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބްތަކާއި، އެކަޑަމީތަކުގެ އިތުރުން ވެސް އަމިއްލަ ފަރާތްތަކުން ހިންގާ ހަރަކާތްތަކަށްވެސް މިގޮތަށް އަމަލުކުރުން ލާޒިމުވާނެ ކަމަށެވެ.
ކުޅިވަރު މައިދާންތަކާއި ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބްތަކާއި، އެކަޑަމީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން އިންތިޒާމުކޮށްގެން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތަކަކަށް ވެސް މި އުސޫލު ހިނގާނެއެވެ. ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކްލަބްތަކާއި، އެކަޑަމީތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން އިންތިޒާމުކޮށްގެން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތަކަކަށް ވެސް މި އުސޫލަށް އަމަލުކުރުމަށް އަންގާފައި ވެއެވެ.

.jpg&w=256&q=75)
