logo

ފޮއްދޫގައި ބުޅާ ގިނަވެ، ރައްޔިތުންގެ ޝަކުވާ އަކަށް ވެއްޖެ.

މަރްޔަމް
21 ގަޑިއިރު ކުރިން

ނ.ފޮއްދޫގައި ބުޅާ ގިނަވެ އެކަމުގެ ސަބަބުން އާއްމުންގެ ޝަކުވާ އިތުރުވެފައި ވާކަމަށް ފޮއްދޫ ކައުންސިލުން ބުނެފިއެވެ.

މިކަމާ ގުޅިގެން ފޮއްދޫން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރަށުގައި ބުޅާ ގިނަވެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ނެގުމަށް ދަތިތައް ކުރިމަތިވުމާއި އާއްމު އިޖްތިމާޢީ ސަރަހައްދުތަކުގައި ބުޅަލުގެ ނަޖިސް ގިނަވުމުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުތައް ކުރަމުން ދާކަމަށެވެ. އެހެން ކަމުން ޚާއްސަ ގޮތެއްގައި ކުޑަކުދިން ގޮވައިގެން މި ސަރަހައްދުތަކުގައި އުޅުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

އެހެންކަމާއި އެކު ޖަނަވާރާއި ދޫނިސޫފާއި ސޫފި ގެންގުޅޭ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލު ކަމެއް ދީ މިފަދަ ތަކެތި ގެންގުޅުމުގައި ޢާއްމު ރައްޔިތުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް އާއްމު ސިއްހަތަށް ނުރައްކާނުވާނެ ފަދަ ގޮތަކަށް ކަމަށެވެ.

މީގެ ކުރިންވެސް މިފަދައެންގުމެއް ނެރެފައިވީ ނަމަވެސް އެ އެންގުމާޢި ޚިލާފްވެ ބައެއް ފަރާތްތަކުން އާއްމު ސަރަހައްދުތަކަށް ކާން އެޅުމާއި ބުޅާ ގެންގުޅުމުގެ ސަބަބުން އެ ސަރަހައްދު ތަކުގެ ސާފްތާހިރު ކަން ގެއްލިފައިވާ ކަމަށެވެ.

މިހެން ވުމާއި އެކު އަމިއްލަ ގޯތި ފިޔަވައި އެހެން އެއްވެސް ސަރަހައްދަކަށް ކާން އެޅުމަކީ މިމަހުގެ 15ވަނަ ދުވަހުން މަނާކަމެއް ކަމށެވެ.

ކައުންސިލުން ބުނީ "ރަށުގައި ޖަނވާރާއި ދުނިސޫފާ ސޫފި ގެންގުލުމުގެ ގަވާއިދާ" ކިލާފް ވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ad