logo

ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން 11 ރަށަކަށް ތަކެތި ފޯރުކޮށްދީފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން 11 ރަށަކަށް ތަކެތި ފޯރުކޮށްދީފިއެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭގެ ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އާއި ގުޅިގެން ، އެ ވުޒާރާއިން ކުރިޔަށް ގެންދާ ފަތްކެޔޮ އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޝައުޤުވެރިކަން ފާޅުކޮށް، ޕްލޭން ހުށައަޅާފައިވާ ޑަބްލިއު.ޑީ.ސީ ތަކުގެ ތެރެއިން މަޢުލޫމާތު ފުރިހަމަ އަށް ޙިއްސާ ކުރެއްވި ރަށްތަކަށް ފަތްކެޔޮ މުޑުވައް އަދި ގަސްކާނާ ފޯރު ކޮށްދިނުމުގެ ފުރަތަމަ ބުރުގެ މަސައްކަތް ވަނީ ނިމިފަ ކަމަށެވެ.

މިގޮތުން، ފުރަތަމަ ބުރުގައި 11 ރަށަކަށް ޖުމްލަ 1865 ފަތްކެޔޮގަސް ވަނީ ފޯރު ކޮށްދެވިފަ ކަމަށާއި،ފުރަތަމަ ބުރުގައި ފަތްކެޔޮގަސް އަދި ގަސްކާނާ ފޯރު ކޮށްދީފައިވާ ރަށްތަކުގެ ތެރޭގައި

ހއ.އިހަވަންދޫ

ހއ.މާރަންދޫ

ހއ.ތަކަންދޫ

ހއ. އުލިގަން

ހދ.ކުމުންދޫ

ހދ.ވައިކަރަދޫ

ށ.ބިލެއްފަހި

ށ.ގޮއިދޫ

ށ.މަރޮށި

ނ.މާޅެންދޫ

ނ.މާފަރު ހިމެނެއެވެ.

ރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، ރާއްޖޭގެ އުފައްދާތަކެތީގެ މިންވަރު އިތުރުކުރުމަށް، އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި ފަތްކެޔޮ އާލާކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ad