logo

އެމްޓީސީސީ އަށް 3 ވަކީލުން ހޯދަން އިއުލާންކޮށްފި

މަރްޔަމް
7 ގަޑިއިރު ކުރިން

އެމްޓީސީސީ އަށް ތިން ވަކީލުން ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ ވަކީލުން ބޭނުން ވަނީ ކޮންޓްރެކްޓް އުސޫލުން އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި ވަކީލުން މަސައްކަތް ކުރަން ޖެހޭނީ އެމްޓީސީސީގެ ކޯޕަރޭޓް ބިއުރޯ އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަންގައި ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި ވަކީލުންގެ ވަޒީފާ އަށް ނަގާ މީހުންގެ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރާ ނަމަ އިތުރު ކުރާނީ މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު ކަމަށެވެ.

ވަކީލުންގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތް އެއްބަސްވާ ގޮތަކަށެވެ.

ވަކީލުންގެ ޝަރުތުތަކުގެ ތެރޭގައި ބެޗްލާސް ޑިގްރީ އިން ލޯ ހާސިލް ކޮށްފައިވުމާއި ގާނޫނީ ދާއިރާއިން ނުވަތަ އެއާ ގުޅުން ހުރި ދާއިރާއަކުން މަދުވެގެން ހަތަރު އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން އަދި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވުން ހިމެނެ އެވެ.

އެހެންވެ މި ވަޒީފާތަކަށް ކުރިމަތިލާން ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

އިތުރު މައުލޫމާތު އެމްޓީސީސީގެ ހޮޓްލައިން 1650 އާއި ކުންފުނީފެ ވެބްސައިޓް /mtcc.mv/careers އިން ހޯދޭނެ އެވެ

ad