ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
އެޗްޕީއޭއިން ބުނީ މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، ބަލިން ރައްކާތެރި ވުމަށް ގިނަގިނައިން ލައިގެން އަތް ދޮވުން އިތުރު ކުރުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުން އިތުރުކުރުމަށް އެދޭ ކަމަށެވެ. އަދި ބޭރަށް ހިންގާނަމަ ގިނަގިނައިން ލޮނުޕެކެޓް، ފެން އަދި ސޫޕް ފަދަ ދިޔާތަކެތި ބޭނުންކުރުމަށާއި، ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމުގެ އިތުރުން ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ސެނިޓައިޒް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް ވަނީ އެދިފައެވެ. އެގޮތުން
- ގިނަގިނައިން ހޮޑުލެވުން
- މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ބޭނުން ކުރެވޭ ވަރު މަދުވުން
- ބޮލަށް އެނބުރުން އެރުން
- އާދަޔާ ހިލާފަށް ކަރު ހިއްކުން
- އާދަޔާ ހިލާފަށް ބަނޑުގައި ރިއްސުން
- ލެވޭ ހޮޑުގައި ނުވަތަ ބޮޑުކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
- ކުޑަކަމުދެވޭ މިންވަރު މަދުވުން
ޙާއްސަކޮށް ބަލީގެ އަލަމާތެއް ފެންނަން ނަަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

.jpg&w=256&q=75)
