logo

ޤާނޫނު ތަންފީޒް ކުރުމަށް ޑިޖިޓަލް ވަޞީލަތްތަކުގެ ބޭނުން ކުރަން ފަށަނީ

މަރްޔަމް
3 ގަޑިއިރު ކުރިން

ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޤާނޫން ތަންފީޒް ކުރުން ވަރުގަދަ ކުރުމަށް ޓަކައި ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކުރަން ފަށާނެ ކަމަށް މިނިސްޓްރީއޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ގެޒެޓްގައި މިނިސްޓްރީން ޝާއިއު ކުރައްވާފައިވާ ގޮތުން މިފިޔަވަޅަކީ ޤާނޫނު ނަންބަރު 93 ވަނަ މާއްދާ ގެ ދަށުން އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ. އެ ގޮތުން މި ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ ޚިލާފްވާ ފަރާތްތަކާމެދު މިއަދުން ފެށިގެން ހަތްދުވަހުގެ ފަހުން ޑިޖިޓަލް އަދި އިލެކްޓްރޯނިކް ގެ ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަން ތައް މެދުވެރިކޮށް ތަންފީޒީ އިދާރާގެ ޒިންމާތައް އަދާކުރަން ފަށާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތުން މި މަސައްކަތް ކުރިއަށް ގެންދާ އިރު ޤަވާއިދާ ޚިލާފް ވެގެން ފިޔަވަޅު އެޅޭ ފަރާތްތަކަށް އެސް އެމް އެސް އަދި އީމެއިލް މެދުވެރިކޮށް ހިއްސާ ކުރަމުން ގެންދާނެ" އިއުލާނުގައި ވެއެވެ.

އެހެންކަމުން އަޅާ ފިޔަވަޅުތަކުގެ ސީދާ މައުލޫމާތު އުޅަނދުގެ ވެރި ފަރާތައް ނުވަތަ ދުއްވި ފަރާތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކއި މިހާރު ބޭނުން ކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި ސިމްސް ޕޯޓަލް މެދުވެރެިކޮށް އަޕްޑޭޓް ކުރުމަށް އިކޮނޮމިކް މިނިސްޓްރީއިން އިލްތިމާސް ކުރައްވައެވެ.

މި ނިޒާމުގެ ދަށުން މާލެއާއި ހުޅުމާލޭގައި ފިޔަވަޅުތައް އެޅުމަށް ހަމަ ޖެހިފައިވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.

މިގޮތުން ފުރަތަމަ މަރުހަލާގައި ހިމެނެނީ ހޮސްޕިޓަލް ތައް ހުންނަ ސަރަހައްދުތަކާއި ސްކޫލްތައް ކައިރި ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮއްފައޮި ހުންނަ ޕާކިންގް ސްލޮޓްތަކާއި އަދި ކަފިހި ހުރަސް ތަކެވެ. މާލޭގެ މައި މަގުތަކުގެ ތެރެއިން ރިންގް ރޯޑާއި އަމީނީމަގު މަޖީދީ މަގު ސޯސަންމަގު ހިމެނެއެވެ.

ހަމަ މިޔާއެކު ހުޅުމާލެ ފޭސް 1ގެ ބޯށިމާ ހިނގުމާއި ސައިމާ ހިނގުން ނިރޮޅުމަގާއި ހަނދުވަރީ ހިނގުން ހިތިގަސްމަގާ ބަގީޗާ ހިނގުންއަދި ރީތިގަސްމަގާ އެކު ހުޅުމާލެ ފޭސް އެކެއްގެ ޖުމްލަ 7 މަގެއް ހިމެނިފައި ވެއެވެ. ހުޅުމާލެ ފޭސް 2ގެ މަގުތަކުގެ ތެރެއިން ގުލްއަލާ ހިނގުމާއި ނިރރޮޅުމަގު، ބެރެބެދިމާ ހިނގުން އަދި ހިތިގަސްމަގުވެސް މި ލިސްޓުގައި ހިމެނިފައި ވެއެވެ.
މިއައު ބަދަލަާ ގުޅިގެން ކަމާބެހޭ ވުޒާރާއިން ވަނީ ދަތުރުފަތުރުގެ ޤާނޫނާއި ގަވައިދުތަކާ އެއްގޮތައް ހުރިހާ ފަރާތްތަކުންވެސް އުޅަނދު ދުއްވުމަށާއި ބޭނުން ކުރުމަށް އިލްތިމާސް ކޮއްފައެވެ.

އާއްމު ފަރާތްތަކުން ފުލުހުންގެ ޚިދުމަތަށާއި މިނިސްޓްރީއަށް ލިބެމުންދާ އެއްބާރު ލުމަށް ވުޒާރާއިން ވަނީ ޝުކުރު އަދާ ކޮށްފައެވެ.

ad