logo

އުމްރާއަށް މި ޗުއްޓީގައި 4000އަށް ވުރެ ގިނަ ދިވެހިން ދިޔަ

އާމިނަތު މޫސާ
19 ގަޑިއިރު ކުރިން

މި ދުވަސްވަރު އުމްރާގެ އަޅުކަން އަދާކުރުމަށް 4000އަށް ވުރެ ގިނަ ދިވެހިން ގޮސްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ، އުމްރާގެ އަޅުކަން އަދާކުރުމަށް ގޮސްތިބި ދިވެހިންގެ ހާލު ރަނގަޅުކަމަށެވެ. މިހާރު މިއީ ސްކޫލްގެ ފުރަތަމަ ޓާމު ޗުއްޓީކަމަށްވުމާއެކު ސްކޫލް ބަންދު ލިބުމާއެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދާން ފަށާފައެވެ.

މިފަހަކަށް އައިސް ސްކޫލް ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ އަޅުކަމަށް ދެއެވެ. އެގޮތުން އެންމެ ފަހު ބަންދުގައިވެސް 7000ށް ވުރެ ގިނަ ދިވެހިން އުމްރާ އަށް ގޮސްފައިވެއެވެ.

ޖުލައިމަހުގެ އުމްރާއަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހަވާލުގެ އިތުރުން އަމިއްލަ ކުންފުނިތަކުގެ ހަވާލުގައިވެސް ގިނަ ބަޔަކު ވަނީ އުމްރާއަށް ގޮސްފައެވެ. އެގޮތުން ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މިފަހަރު ތިން ފްލައިޓެއްގައި މީހުން ދިޔަކަމަށް އެ ކުންފުނިން ބުނެއެވެ.

އުމްރާއަށް ދިވެހިން އާންމުކޮށް ދަނީ އަމިއްލަ ގްރޫޕްތަކުގައި ނޫނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. މީގެއިތުރުން އަމިއްލައަށްވެސް ވިސާ ނަގައިގެން ބައެއް ދިވެހިން މިހާރު އުމްރާއަށް ދެއެވެ.

ad