logo

އައްޑޫ ރައްޔިތުން ވަނީ ތިން ދައުރު މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފަ: ފަލާހް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

އައްޑޫ ރައްޔިތުން ވަނީ ތިން ދައުރު އައްޑޫ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައިކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުގައި، ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން ތިން ދައުރު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލާފައިވާ ކަމަށެވެ.

ފަލާހް ވިދާޅުވީ ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާ މި ބައި އިލެކްޝަނާ އެކު ނިމިއްޖެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ހުރިހާ ރިޔާސީ ކެންޑިޑޭޓުން ކަމަށްވާ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި މާލޭގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން މުޅި އުމުރުގައި ކުރެއްވި މުޙައްމަދު އަސްލަމާއި އެމްޑީޕީއާ އެކު ކުރާނެ މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ތާއީދުކޮށްގެން ވެސް އިންތިހާބުގައި ހިތަދޫގައި ބެހެއްޓި ވޯޓް ފޮށިތަކުން އައްޑޫ ރައްޔިތުން، އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު ބަލިކޮށްފައިވާ ކަމަށެވެ.

View post on Twitter

މީގެ އިތުރުންވެސް އިއްޔެ ބޭއްވުނު އިންތިހާބުގައި ބެހެއްޓި 7 ވޯޓް ފޮށީގެ ތެރެއިން 4 ވޯޓް ފޮށިން ޕީއެންސީގެ ކެންޑިޑޭޓް ބޮޑުތަނުން ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާކަމެއް ކަމަށާއި، ރައީސް މުއިއްޒު އަށް އޮތް އިތުބާރާއި ލޯބި ހާމަވާ ކަމެއް ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި 2028 ގައި އައްޑޫ ވެގެންދާނީ ޕީއެންސީގެ ކިއްލާއަކަށް ކަމަށްވެސް ފަލާހު ވަނީ ވިދާޅުވެފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު އެވެ. އެ އިންތިހާބު ސޯދިގު ކާމިޔާބުކުރެއްވި އިރު ނަތީޖާ ބަދަލުކޮށްލީ މާލޭގައި ބެހެއްޓި ފޮށިތަކުންނެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ސޯދިގު އަށް ލިބިވަޑައިގަންނަވާފައިވަނީ 1375 ވޯޓެވެ. އެއީ 51.1 އިންސައްތައެވެ. އަހުމަދު ސައީދަށް ލިބިވަޑައިގަންނަވާފައިވަނީ 1313 ވޯޓެވެ. އެއީ 48.8 އިންސައްތަ ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 62 ވޯޓުގެ ތަފާތު ހުއްޓެވެ.

ފަލާހް ވިދާޅުވި ގޮތުގައި އިއްޔެ ބޭއްވި އިންތިހާބުގައި ބެހެއްޓި ހަތް ވޯޓު ފޮށީގެ ތެރެއިން ހަތަރު ވޯޓު ފޮށިން ޕީޢެންސީގެ ކެންޑިޑޭޓު ކުރި ހޯދުމަކީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޕީއެންސީގެ މަގުބޫލުކަން އޮތް މިންވަރު ހާމަވާ ކަމެކެވެ.

ad