logo

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު: އުނގޫފާރުގައި ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
6 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢު" ގެ ދަށުން، ރ. އުނގޫފާރުގައި ގަސް އިންދުމުގެ ބޮޑު ޙަރަކާތެއް ކާމިޔާބުކަމާއެކު އިއްޔެ ބާއްވައިފިއެވެ. އިއްޔެ ކުރިއަށް ގެންދިޔަ މި ޚާއްޞަ ޙަރަކާތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ރ. ވަންދޫ ޓީމާއި، ރ. އުނގޫފާރުގެ އެކި މުއައްސަސާތަކުގެ އިތުރުން އެ ރަށުގެ ޢާންމު ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތެކެވެ.

undefined

މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ފެހިކަން އިތުރުކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢަށް އެއްބާރުލުން ދިނުމާއި، އުނގޫފާރުގެ ވެށި އިތުރަށް ފެހިކޮށް، މޫސުމީ ބަދަލުތަކުން ރަށް ރައްކާތެރިކުރުމެވެ. މި ހަރަކާތުގެ ދަށުން އުނގޫފާރުގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ގަސް ވަނީ އިންދާފައެވެ.

undefined

މި ޙަރަކާތުގައި އުނގޫފާރުގެ ކައުންސިލާއި، ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި، ސްކޫލް ދަރިވަރުން އަދި ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަރަށް ފޯރިއާއެކު ބައިވެރިވެ، އެއްބައިވަންތަކަން ދައްކުވައިދީފައިވެއެވެ. މިއީ ތިމާވެށީގެ ދުޅަހެޔޮކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، ޤައުމީ ފެންވަރުގައި ކުރިއަށްދާ މި މުހިންމު މަޝްރޫޢުގައި ރައްޔިތުންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ad