logo

ހުޅުމާލޭ ކޭފޭ އެއްގައި މަސްތުވެގެން ތިބި ބަޔަކު ހައްޔަރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
11 ގަޑިއިރު ކުރިން

ހުޅުމާލޭ ކޭފޭ އެއްގަި މަސްތުވެގެން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ.

މަސްތުވެގެން އަންހެނަކާއި ފިރިހެނަކު އިމާރާތެއްގެ ބެލްކަނީގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވީޑިއޯގައި އެ ދެ މީހުންގެ އިތުރުން 2 ފުލުހުން ވެސް ފެނެއެވެ. އަދި އެ ދެ އަންހެނުން މާރާމާރީ ހިންގާ މަންޒަރު ވެސް ވީޑިއޯއިން ފެނިގެންދެއެވެ.

މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ތަވާ ކެފޭ ކައިރީގައި ހުރި އޭއެޗް ބްރަދާސް އިމާރާތުގެ މަތީގައި ހުރި އެޕާޓްމެންޓަކުންނެވެ.

ފުލުހުން ބުނީ ބަޔަކު މާރާމާރީ ހިންގާ ކަމުގެ ރިޕޯޓާއެކު މިއަދު ހެނދުނު 6 ޖަހާކަންހާއިރު ފުލުހުން އެ އިމާރާތަށް ވަދެ، ޖުމްލަ 4 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2 އަންހެނުންނާއި 2 ފިރިހެނުންނެވެ.

މި އިންސިޑެންޓާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވައިރު، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ބަލައި ފާސްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"ސީން ޕްރޮސެސް ކުރުމާއި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ނިމި ފުރިހަމަ މައުލޫމާތު ލިބުމުން، މައްސަލައާ ގުޅޭ އިތުރު ތަފުސީލު ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ޖޫން 27 ވަނަ ދުވަހުގެ ހެނދުނު 6:05 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1 ގެ އެޕާޓްމަންޓެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު އިތުރަށް ބުނީ މި މައްސަލައާ ގުޅިގެން އިންވެސްޓިގޭޝަން އޮފިސަރުންނާއި ސީން އޮފް ކްރައިމް އޮފިސަރުން އެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާނެ ހެކިތައް ވަނީ އެއްކޮށްފަ ކަމަށެއެވެ. މީގެ ތެރޭގައި ބަނގުރާ ހުސްކޮށްފައި ހުރި ކަމަށް ބެލެވޭ ފުޅިތަކެއް ހިމެނޭ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 26 އަހަރާއި 29 އަހަރުގެ ދެ އަންހެނުންނާއި އުމުރުން 34 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ad