ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން އިބްރާޙިމް ޝިއުރީ އިސްތިއުފާ ދެއްވައިފި
ޝިއުރީ އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މައި ކުންފުނި ކަމަށްވާ "ވިޒިޓް މޯލްޑިވްސް"ގެ މެނޭޖިން ޑިރެކްޓަރެވެ. ޝިއުރީ އެ މަޤާމަށް އައްޔަނު ކުރެއްވީ، 2024ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުއެވ
ޝިއުރީ ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެ މަޤާމާ ހަވާލުވުމުގެ ކުރިން ޝިއުރީ ވަނީ، ޙައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މަސީގެ ބޯޑު މެމްބަރުކަން ކުރައްވާފައެވެ.
މިއަދު ޝިއުރީ އެމަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، މީގެ ހަތަރު ދުވަސް ކުރިން ޝިއުރީ ވަނީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރު ކަމަށް އޭނާ ވަނީ އިންތިހާބުކޮށްފައެވެ.
ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިންވަނީ، މާސްޓަރސް ޑިގްރީވެސް ހާސިލު ކުރައްވާފައިވެއެވެ.

.jpg&w=256&q=75)
