logo

މަސްތުވާތަކެތީގެ މައްސަލައެއްގައި އުކުޅަހުން މީހަކު ހައްޔަރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި އއ. އުކުޅަހުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. އުކުޅަސް / ބަނަފްސާގެ، އިޝާން ޙަސަން (45އ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ޑްރަގް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް މި އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ކަރުދާސްކޮޅު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިޝާން ޙަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ad