logo

ރާއްޖެއަށް ދެ ކިލޯގެ ޑްރަގް އެތެރެ ކުރަން އުޅުނު އިންޑިއާގެ ދެމަފިރިން ހައްޔަރުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ އިމްރާން ޕާޝާ އާއި އޭނާގެ އަނބިމީހާ ކްރިސް އެމްބްރޯސިޔާ (27އ)އެވެ.

އެމީހުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް ވިޔަފާރިކޮށް ޓްރެފިކް ކުރުމެވެ

މި ދެ މީހުންގެ މައްޗަށް ވަނީ ހރާއްޖެއަށް މަސްތުވާތަކެތި ސްމަގްލްކޮށް، ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުކޮށްފަ އެވެ. އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ޖަހާފައިވެ އެވެ.

އެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ދެމަފިރިން ރާއްޖެ އައި އިރު ގެނައި ލަގެޖުން 2.4 ކިލޯގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.

ad