logo

ސަތޭކައާއި ފަންސާސް މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯޑު ލޫޠު އާކޮށްފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
މަހެއް ކުރިން

ފިރިހެނުންގެ ޝޯޓްކޯސް 100 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ލޫޠު މުޙައްމަދު ޙުސައިން އާކޮށްފިއެވެ. ލޫޠު މި ރެކޯޑު އާކޮށްފައިވަނީ ތައިލަންޑްގައި ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް ޝޯރޓްކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ބެންގްކޮކް 2025 ގައި ވާދަކޮށް، 01:09.44 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ އިޒްޔާން ނާޒިމް އެވެ. އެއީ މި މުބާރާތުގެ 2024 ވަނަ އަހަރުގެ އެޑިޝަންގައި 01:12.85 އިން އިވެންޓު ނިންމައިގެންނެވެ.

undefined

100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ފުރަތަމަ 50 މީޓަރު 00:31.95 އިން ފުރިހަމަކޮށްގެން ލޫތު ވަނީ ފިރިހެނުންގެ ޝޯޓްކޯސް 50 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑްވެސް އާކޮށްފައެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ މީގެ 13 އަހަރު ކުރިން، 2012 ވަނަ އަހަރު ބޭއްވި 11 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ޙަސަން އަޝްރަފް އެވެ. އަޝްރަފް އިވެންޓު ނިންމާފައިވަނީ 00:32.95 އިންނެވެ.

ad