logo

ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ 4 މީހަކަށް އަނިޔާވެއްޖެ

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ރޭ ދެ ކާރާއި ހަތަރު ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭ 12:45 ހާއިރުކަމަށެވެ. އެކްސިޑެންޓް ހިނގީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފަހަރުން އައި ކާރެއް ޖެހިގެންނެވެ. އެވަގުތު ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އަރާ، ދަތުރުކުރަމުންދިޔަ އިތުރު 4 ސައިކަލުގަައިވެސް ވަނީ ޖެހިފައެވެ.

މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވެއެވެ. އަނިޔާވި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. ފުލުހުން ބުނި ގޮތުގައި އޭގެ ތެރެއިން ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އަދި އަނެއް ދެ މީހުންގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ރަނގަޅުވަމުން އަންނަކަމަށް ބުނިއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ހުރިހާ އުޅަނދުތަކަށްވެސް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ފުލުހުން ފާހަގަކޮށްފައިވެއެވެ. ފުލުހުން ދަނީ މި އެކްސިޑެންޓްއާއި ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.

ad