logo

ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވަން ލައިސެންސަށް އެދިއްޖެ

އާމިނަތު މޫސާ
8 ގަޑިއިރު ކުރިން

އަވައްޓެރި ސްރީލަންކާގައި ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭއިރު، އެ ގައުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗެއް ހުޅުވުމަށް ލައިސެންސަށް އެދިފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިގައި ވާހަކަފުޅު ދައްކަވަމުން ޝަރީޕް ވިދާޅުވީ، ބޭންކުގެ އަހަރީ އާންމު ޖަލްސާތަކުގައި ވެސް ރާއްޖެއިން ބޭރުގައި ބްރާންޗެއް ހުޅުވަން މަސައްކަތް ކުރަމުން އަންނަކަން ހިއްސާކޮށްފައިވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖެއިން ބޭރުގައި ބްރާންޗެއް ހުޅުވުމަށް ވަރަށް ބޮޑު ކެޕިޓަލްއެއް ބޭނުންވެއެވެ. އެގޮތުން، ބީއެމްއެލްގެ ކެޕިޓަލް ވޭތުވެދިޔަ އަހަރުތަކުގައި ބޮޑުވަމުންގޮސް މިހާރު 16 ބިލިއަނަށް އަރާފައިވާ ކަމަށާއި އެހެންކަމުން ލަންކާގައި ބްރާންޗެއް ހުޅުވޭނެ ކަަމަށް ވިދާޅުވިއެވެ.

ނަމަވެސް ލަންކާގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވޭނެ ސީދާ ވަކި ތާރީހެއް ޝަރީފް ވިދާޅެއްނުވެއެވެ.

ބީއެމްއެލްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަސައްކަތުގެ ދަށުން، އައްޑުއާއި ފުވައްމުލަކުގެ އިތުރުން ރާއްޖޭގެ 18 އަތޮޅެއްގައި ބީއެމްއެލްގެ 42 ބްރާންޗާއި 179 ސެލްފް ސާވިސް ސެންޓަރު އަންނަނީ ހިންގަމުންނެވެ.

ad