ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގަ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކޮށްފިއެވެ.
ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނު ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ވަނީ އާންމު ކޮށްފައެވެ. މި އިންތިހާބުގައި ވާދަ ކުރަނީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އާއި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ)އެވެ. މި އިންތިހާބުގައި ވޯޓް ލިބުމުގެ ހައްގު 4121 މިހަކަށް ލިބިގެންވެއެވެ.
ހިތަދޫ އުތުރު ދައިރާގެ ވޯޓް ލާނެ ތާރީހެއްގެ ގޮތުގަ އިލެކްޝަނުން ބުނީ 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށްކަމަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ، ޖޫން 8 ވާ ހޯމަ ދުވަހުއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސްޕްރީމް ކޯޓުން ސާބިތުވުމާ ގުޅިގެން ކޯޓުން ހުކުމް ކުރުމުންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ އިތުރު މީހަކާ ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކުނު މައްސަލައިގައެވެ. ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އެޕްރީމް މަހު 12 ގައެވެ. އަލުން އެގޮނޑިއަށް ވާދަކޮށް ސިނާން ޕީއެންސީގެ ޓިކެޓް ވެސް ކާމިޔާބު ކުރެއްވިއެވެ.
ނަމަވެސް އާއިލީ ޒިންމާތަކަށް ވަގުތު ދޭން ކަމަށް ބުނެ ސިނާ ވަނީ ޓިކެޓް އޭނާ އާއި، ވާދަކޮށް ބަލިވި އަހުމަދު ސައީދަށް ދޭން ނިންމާފައެވެ.


