logo

ރައީސްގެ ތަހުނިޔާ އިސްލާމީ ޤައުމުތަކަށާއި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކާ އަދި ބައިނަލްއަޤުވާމީ އިސްލާމީ ޖަމާޢަތްތަކަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

އިސްލާމީ ޤައުމުތަކުގެ ލީޑަރުންނަށް ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި އެމަނިކުފާނު ވަނީ، މި މައްސަރަކީ އިސްމާލީ އުންމަތުގެ ބަދަހިކަން އިތުރުވެގެންދާނޭ މައްސަރަކަށް ވާނޭކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

އަދި އިސްލާމީ އުންމަތް ގުޅިގެން ކުރާ މަސައްކަތުން، މުސްލިމުންގެ އަޑުއުފުލައި، އިސްލާމީ އުންމަތުގެ ކުރިއެރުމާއި ފުދުންތެރިކަމުގެ އުދަރެސް ތަނަވަސްކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، ނާއިންސާފު ކެކުޅުންތައް ތަހައްމަލުކުރަންޖެހިފައިވާ މުސްލިމު އަޚުންނާއި އުޚުތުންނަށް އަމާންކަން މިންވަރުކުރެއްވުމަށާއި، އެ ވޭނުން ސަލާމަތްކުރެއްވުމަށާއި، އެ އަޚުންނާއި އުޚުތުންގެ އަޒުމު ވަރުގަދަކުރެއްވުމަށް އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.

ad