logo

އައިޖީއެމްއެޗްގައި އައިއޯއެންއެމް ތައާރަފުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ދުވަސް ކުރިން

ނިއުރޯ ސާޖަރީތަކުގައި ބޭނުންކުރާ އިންޓްރާ އޮޕަރޭޓިވް ނިއުރޯ މޮނިޓަރިން (އައިއޯއެންއެމް) އައިޖީއެމްއެޗްގައި ތަޢާރަފްކޮށްފި އެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި އައިޖީއެމްއެޗްއިން ބުނީ ނިއުރޯ ސާޖަރީތަކަށް ބޭނުންކުރާ “އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން” ގެ ހިދުމަތް އައި.ޖީ.އެމް.އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން މިހާރު މިވަނީ ތައާރަފުކޮށްފަ ކަމަށެވެ.މި ޓެކްނޮލޮޖީގެ އަލީގައި އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެ، ސާޖަރީތަކުގައި ނާރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށެވެ.މިއީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ފަރުވާގެ ފެންވަރު މަތިކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދި މުހިންމު ކުރިއެރުމެއް ކަމަށެވެސް ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓް އިން ނިއުރޯ ސާޖަރީ ޑރ. އަލީ ނިޔާފް ވިދާޅުވީ އައިއޯއެންއެމް އަކީ ބަލިމީހާގެ ރައްކަލަށްޓަކައި ކޮންމެހެން ހުރުން މުހިންމު ވަސީލަތެއް ކަމަށެވެ. އަދި މީގެ އިތުރުން ފާހަގަ ކުރެއްވީ ކޮމަން ސާޖަރީތަކުގެ ތެރޭގައި ކަނދުރާގެ ޑިސްކް ސާޖަރީ، މައިބަދައިގެ ޑިސްކް ސާޖަރީ ނޫނީ މައިބަދަޔަށް ގެއްލުން ލިބިގެން އަންނަ އޮޕަރޭޝަންތަކުގެ ތެރޭގައި އިސްކުރު ޖަހާއިރު އިސްކުރުގެ އިންޓަގްރިޓީ ނުވަތަ އިސްކުރު ޖެހެމުންދާ ތަނާ އެކީގައި އިތުރު ނާރަކަށް ފިތޭ ކަމަށްވާނަމަވެސް އޭތި ފާހަގަ ކުރާން މިހާރު ފަސޭހަވެގެން ދާނެ ކަމަށެވެ.

ad