ބައެއް ކައުންސިލްގެ ރައީސުންގެ މަޤާމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ހޮވުމަށް ޓަކައި ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަން ވޯޓުލުން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ، މިއަދު ހެނދުނު 8:00އިން ހަވީރު 16:00 އަށެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ، ވ. ތިނަދޫ ކައުންސިލުގެ ރައީސާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މަޤާމާއި، ވ. ތިނަދޫ އަދި އައްޑޫސިޓީ ހުޅުދޫ ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބުކުރުމަށެވެ.
މި ބައި-އިލެކްޝަނުގައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ޖުމްލަ 3776 ފަރާތަކަށް ލިބިގެންވެއެވެ.
މި އިންތިޚާބުގައި 81 އޮފިޝަލުން އަދި 100އަށްވުރެ ގިނަ މޮނިޓަރުން، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ.
މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ، 2026 ނޮވެންބަރު 30 ވާ ހޯމަ ދުވަހުއެވެ.

