logo

ބީއެމްއެލް ހޯމްލީސިންގް ސްކީމްގެ ދަށުން ހުޅުމާލެ ފޭސް1ގައި އަޅާ 182 ޔުނިޓްގެ ކޮންކްރީޓް މަސައްކަތް ފަށައިފި

މަރްޔަމް
7 ގަޑިއިރު ކުރިން

ބޯހިޔާ ވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމްލީސިންގް ކުންފުނިން ހުޅުމާލެ ފޭސް1 ގައި އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްގެން ތަރައްޤީ ކުރާ 364 ހައުސިންގް ޔުނިޓްގެ ތެރެއިން 182 ޔުނިޓްގެ ފައުންޑޭޝަން ތައްޔާރުކޮށް ކޮންކްރީޓް އެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މާލެ ސިިޓީގައި ކުރިއަށް ގެންދިޔުމަށް ހަމޖެހިފައިވަ 4000(ހަތަރުހާސް) ޔުނިޓްގެ ތެރެއިން މިވަގުތު 3260 ހައުސިންގް ޔުނިތް ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް އަންނަނީ ހިނގަމުން ނެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް ކޮމްޕެނީއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ 'އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް'ގެ ދަށުން ބޭންކް އޮފް މޯލްޑިވްސްއިން އުފައްދާފައިވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ މައިގަނޑު ބޭނުމަކީ ބޯހިޔާވަހިކަން ބޭނުންވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން އަގުހެޔޮ ފްލެޓްތަކެއް ބިނާކޮށް، ލީސް-ޓޫ-އޯން ނުވަތަ ކުލި ދައްކަމުން ގޮސް މިލްކުވާ އުޞޫލުން އެ ފްލެޓްތައް ދޫކުރުމެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 1، ފޭސް ދޭއް އަދި ވިލިމާލޭގައި ޖުމުލަ 3260 ހައުސިން ޔުނިޓް މާލޭ ސަރަޙައްދުގައި ގާއިމުކުރަންވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރަނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕަޓްމަންޓްތަކެވެ. މި ހައުސިންގް ޔުނިޓްތައް އިމާރާތް ކުރުމުގެ މަސައްކަތް 2028 ވަނަ އަހަރު މެދުތެރޭ ނިންމާލެވޭނެ ކަމަށާއި އެޕަޓްމަންޓުތަކުގެ އަގު އުޅޭނީ ގާތްގަނޑަކަށް މަހަކު 10،000 ރުފިޔާގައި ކަމަށް ބީއެމްއެލުން ވަނީ ލަފާކޮށްފައެވެ.

ad