ހުޅުމާލެގައި ދިރިއުޅޭ ރައްޔިތުންގެ އެދުމަކީ ބީޗް ސަރަހައްދުގެ އިންތިޒާމްތައް ރަނގަޅު ކުރުން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ބައްދަލުކުރެއްވުމަށްފަހު ފައިސަލް ވިދާޅުވީ، ހުޅުމާލެ ފޭސް 2 ގައި މީހުން ދިރިއުޅެން ފެށިތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް އެކަށީގެންވާ ގޮތަށް ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެވެން ނެތް ކަމަގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުން ކަމަށް ފައިސަލް ވިދާޅުވި އެވެ. އާއިލާއާއި ދަރިން ގޮވައިގެން އައިސް ބީޗުގައި ހަމަޖެހިލައިގެން ވަގުތުހޭދަކުރުމުގެ ފުރުސަތު ނޯންނަކަމުގެ ޝަކުވާ ރައްޔިތުންކޯށްފައިވާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ފައިސަލް ވިދާޅުވީ އެމްޑީޕީ ސަރުކާރެއް އުފެދިގެން އައިސްފި ކަމުގައި ވާނަމަ އެ ވާނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވޭ ސަރުކާރަކަށް ކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވާފަ އެވެ.


