logo

ސިޔާސީ ވެރިންނަށް ސެކިއުރިޓީ ކަނޑާލަން އުޅުން ކަންބޮޑުވަން: ރައީސް ނަޝީދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ސިޔާސީ ހަރަކާތްތަކުގައި ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރަން މަސައްކަތް ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސިޔާސީ އެއްވުންތަކާއި މުޒާހަރާތަކުގައި އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާހުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

ބޭރު ޤައުމުތަކަށް ބަލާލިނަމަވެސް ފެންނަން އޮތީ އެ މަންޒަރު ކަމަށާއި، އެގޮތުން ސިޔާސީ އެކި ބޭފުޅުންނަށް ދެވިފައިވާ ޙަމަލާތަކަށް ބަލާއިރު، އެންމެ ގިނަ ޙަމަލާތައް އަމާޒުކޮށްފައިވަނީ ސިޔާސީ އެކި އެއްވުންތަކުގެ ތެރެއިން، ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ބޭރުގެ އެކި ޤައުމުތަކުގެ ތާރީޚަށް ބަލާއިރުވެސް، ސިޔާސީ އިސް ބޭފުޅުންނަށް އަމާޒުކޮށް ދީފައިވާ ގިނަ ޙަމަލާތަކަކީ އެފަދަ އެއްވުންތަކާއި މުޒާހަރާތަކުގެ ތެރެއިން ދީފައިވާ ޙަމަލާތައް ކަމަށެވެ. އެހެންކަމުން ރައީސުންނަށް ދައުލަތުން ދޭންޖެހޭ ރައްކާތެރިކަން ކުޑަވާ ގޮތަށް އުސޫލުތައް ބަދަލުކުރުމަކީ އެ ޕާޓީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ad